ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ 55,834 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ފަތުރުވެރިންތަކެއް/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ މަހުގެ ފުރަތަމަ އަށް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 55,834 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކުރެވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. މި ގައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު ހިއްސާދާރުންގެ ގޮތުގައި ފާހަގަކުރެވޭ ގައުމުތަކެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިޚްތިޔާރު ކުރަނީ ރިސޯޓުތަކެވެ. ރިސޯޓުތަކަށްފަހު ފަތުރުވެރިންގެ މެދުގައި ދެން އެންމެ މަގުބޫލީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: