ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މައްޗަށް ރައީސް ޔާމީން އަދިވެސް އިހުތިޔާރު ކުރައްވަނީ ރައީސް މުއިއްޒު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް އެމްޑީޕީއަށްވުރެ ބޮޑަށް އެމަނިކުފާނު ހިޔާރުކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.

އެމްޑީޕީއަކީ ޑިމޮކްރަސީގެ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އަޅާ ކިޔާ ނަމަ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށެވެ.

ހަމައެކަނި ނަމެއްގައި ”ޑިމޮކްރެޓިކް“ ވުމަކުން އެއީ ޑިމޮކްރަސީއަށް ނުވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މުއައްސަސާތަކަށް އަތްބާނައި، ފަނޑިޔާރުގެ ބަދަލުކޮށްލަން މަސައްކަތްކޮށް، ޖޭއެސްސީ މެދުވެރިކޮށް ނޭދެވޭ ކަންކަން ހިންގާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި އެމްޑީޕީގެ ތާރީހުގައި ތަންތަން ”ހުޅުދާން ކުރުން“ ފަދަ އަމަލުތައް ހިންގާފައިވާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދިވެސް އެނީޓައިމް އޮފް ދަ ޑޭ, އެނީޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ

ރާއްޖޭގެ ދީނީ އަދި ސިޔާސީ އޮނިގަނޑާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ދައުލަތަކަށް ވާއިރު، މި ގައުމުގައި އޮންނަންވާނީ ރާއްޖެއާ ގުޅޭފަދަ ޑިމޮކްރަސީއެއް ކަމަށެވެ. އެމްޑީޕިއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން އެޖެންޑާ 19 އެއްގެ ވާހަކަވެސް އެޕާޓީން ދެއްކިކަމަށާއި އޭގެފަހުން 5 އަހަރުގެ ވެރިކަމެއްވެސް އެމްޑީޕީން ކުރިކަމަށާއި އެ އެޖެންޑާ 19 އެއްގައި ހުރީ ކޮންކަމެއްކަމާއި އޭގެ ރާހަތެއް ، މީރު ވަހެއް ދުވި މީހަކު މިރާއްޖޭގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެޖެންޑާ 19 އެއްގެ ވާހަކަަވެސް އެމްޑީޕީން ދެއްކި. އޭގެ ފަހުން 5 އަހަރުގެ ވެރިކަމެއްވެސް ކުރި އެކަމަކު އެ އެޖެންޑާ 19 އެއްގައި ހުރީ ކޮންކަމެއްކަމާއި އޭގެ ރާހަތެއް ، ރަހައެއް ނޫނީ މީރުކަމެއް މީރު ވަހެއް ދުވި އިންސާނަކު ދިވެހިރާއްޖެއަކުނެތް.“ ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ދައްކާ ވާހަކައަކާއި އަމަލަކާއި ދިމައެއް ނުވާކަމަށެވެ. އެގޮތުން އެޕާޓީއަކީ ވަރަށް ލިބަރަލް ކަންތައްތަކެއް އެންފޯސްކުރާ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އެމްޑީޕީން ގެންނަން އުޅޭ ”ބޮޑު ބަދަލަކީ“ ރައްޔިތުންނަށް އުފުލޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި، އެއީ ގައުމަށް އޮތް ބޮޑު ތަކުލީފެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: