ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރަކީ ކުރު މުއްދަތެއް، ތަރައްގީ ގެނައުމަށް އެމްޑީޕީއަށް ޖެހިޖެހިގެން ދެ ދައުރު ލިބެން ޖެހޭ: ރާއީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އަންނަންޖެހޭ އަސްލު އިސްލާހީ ބަދަލުތަކާއި، ރައްޔިތުން އެދޭ ފަދަ ދެމެހެއްޓެނިވި ތަރައްގީ ނުގެނެވި ލަސްވަމުންދަނީ އެމްޑީޕީއަށް ވެރިކަމުގެ ޖެހިޖެހިގެން ދެ ދައުރު ނުލިބޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ދައްކަވަމުންދަނީ ”ލޮލަށް ނުފެންނަ އަދި އަތްނުލެވޭ“ ފަދަ ތަރައްގީގެ ވާހަކަތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވާ ވައުދުތަކާއި، އެކަންކަން ކުރައްވާނެކަމަށް ވިދާޅުވާ ތާރީހުތަކާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅު ހަގީގަތާއި ވަރަށް ދުރުކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ރާއީ ފާހަގަކުރެއްވީ، ރަސްމާލެއާއި ގުޅީފަޅު ގުޅާލުމަށް އަޅާނެކަމަށް ބުނި ބިއްލޫރި ޓަނަލްގެ މަޝްރޫއެވެ. އެ މަޝްރޫއު ކާމިޔާބުވާނެކަމަށް ރައީސް ވާހަކަފުޅު ދެއްކެވި ނަމަވެސް، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އެފަދަ ޓެކްނޮލޮޖީއެއް ނެތްކަމަށް ވިދާޅުވެ، ރައީސްގެ ވާހަކަފުޅު ބަދަލު ކުރެއްވިކަމަށް ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒަމާނީ ބަދަލުތަކާއި އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ އެމްޑީޕީންނެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރެއް ނެތް ކޮންމެ ފަހަރަކު، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީއަށް ބަދަލުތައް ގެނެސް، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި މަންފާތައް ނިގުޅައިގަންނަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް އަހަރުގެ ދައުރަކީ އެމްޑީޕީއަށް ވަރަށް ކުރު މުއްދަތެއް. އެމްޑީޕީން ވެރިކަމަށް އައިސް އިގްތިސާދީ ގޮތުންނާއި، އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ބައިވަރު މަސައްކަތްތަކެއް ފަށާ. އެކަމަކު އެ މަސައްކަތްތައް ނިންމާ، އޭގެ ފުރިހަމަ ނަތީޖާ ރައްޔިތުންނަށް ފެންނަން ފަށާއިރު ދައުރު ހަމަވަނީ. އެހެންވެ އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ އެމްޑީޕީއަށް ޖެހިޖެހިގެން ދެ ދައުރު ދޭށޭ

ރާއީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ބައެއް ފަހަރު ކަންކަމާ ކޯފާވެގެން ދައްކަވާ ވާހަކަފުޅުތަކަކީ ދައުލަތުގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދައްކަވައިގެންވާނެ ފަދަ ވާހަކަފުޅުތަކެއް ނޫނެވެ.

ރާއީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދިވެހި ރައްޔިތުން ޕީއެންސީގެ ސަރުކާރުތައް ހޮވުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ބަދަލު ގެނެވޭނީ އެމްޑީޕީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދީގެންކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: