ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ހިޔާނާތުގެ ރިޕޯޓު ކައުންސިލްތަކަށް ފޮނުވައި، ރައްޔިތުން އެއްކޮށްގެން ކިޔައިދޭންޖެހޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވަނީ ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް އިހުމާލުވެ، ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކެއް ކަމަށާއި، އެ ރިޕޯޓުގެ ހަގީގަތް ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ތަފްސީލުކޮށް ކިޔައިދޭންޖެހޭކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ، ފެނަކައިގެ މި އޮޑިޓް ރިޕޯޓުން އެމްޑީޕީގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތަށް ދީފައިވާ ބޮޑު ގެއްލުން ހާމަވެގެންދާކަމަށެވެ. ހިދުމަތް ދިނުމުގެ ނަމުގައި ކޮށްފައިވާ ބޭކާރު ހަރަދުކޮށްފައިވާކަން ރިޕޯޓުން އެނގެން އެބައޮތްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޖަނަރޭޓަރެއް ނެތް ނަމަވެސް، 12 ބިލިއަނާއި 13 މިލިއަނާ ގާތްކުރާ އަދަދުތަކުން ފައިސާ އޮއްސާލައިގެން ބޮޑެތި އިމާރާތްތައް އަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި މި ރިޕޯޓަށް ބަލައިލީމަ އެނގެނީ ކަރަންޓު ހިދުމަތް ދިނުމަށްޓަކައި ޖަނަރޭޓަރެއް ނެތް ރަށްރަށުގައި ބާރަ ބިލިއަން ތޭރަ މިލިއަން ރުފިޔާ ދީފައި އިމާރާތް އަޅާފައި އެބައޮތް. ޖަނަރޭޓަރެއް ނެތް ހިދުމަތް ދޭކަށް. ހިދުމަތް ދިނުމަށްޓަކައި އެ ރަށަކަށް ކަރަންޓު ދޭނެ ޖަނަރޭޓަރެއް ނެތިއްޔާ ކީއްކުރާ އިންޖީނުގެއެއްތޯ؟ ރީތިކޮށް ކީއްކުރާ އޮފީސް އިމާރާތެއްތޯ

މިދިޔަ ސަރުކާރުން އަޅާފައިވާ ފެނަކަ އޮފީސްތަކަކީ ”ރިޔާސީ ގަނޑުވަރުތަކެއް“ ފަދަ ތަންތަން ކަމަށާއި، ބައެއް ތަންތަނަށް ވަންނައިރު ފައިވާން ބަހައްޓާފައި ވަންނަން ޖެހޭ މިންވަރަށް ޒީނަތްތެރިކޮށްފައި ހުރި ނަމަވެސް، އެތެރޭގައި ހުރި އިންޖީނުތަކުގެ ހާލަތު ގޯސްވެ، ކަރަންޓު ކެނޑުމުގެ މައްސަލަ އިންތިހާއަށް ދިމާވެފައިވާކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި އިމާރާތްތައް ބިނާކުރީ ހިދުމަތް ރަނގަޅު ކުރުމުގެ ބަދަލުގައި، ވަކި ބައެއްގެ ޖީބަށް ފައިސާ ޖަމާކުރުމުގެ މަގުސަދުގައެވެ.

ފަލާހު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ދާދި ފަހުން ވިދާޅުވި ފަދައިން، އެމްޑީޕީއަކީ ނަމެއްގައި ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ބުނި ނަމަވެސް، އެ ބޭފުޅުންގެ ހިންގުމާއި އުސޫލުތައް ހުރީ ސުމެއްގައި ކަމަށެވެ. އަދި އެމްޑީޕީން ވެރިކަމަށް އައި ދެ ފަހަރުވެސް ރާއްޖެ ވަނީ އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދޮވެލީކަމަށް ފަލާހު ވިދާޅުވި އެވެ.

މި ޚިޔާނާތުގެ ޒިންމާ ހަމައެކަނި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ ބޮލުގައި އެޅުވެން ނެތްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، މިކަމުގައި އޭރުގެ ފިނޭންސް މިނިސްޓަރާއި، މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ފެނަކައިގެ ބޯޑު މެންބަރުންގެ ވަރަށް ބޮޑު އިހުމާލެއް އަދި ބައިވެރިވުމެއް އޮތްކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.

މި ރިޕޯޓު ހަގީގަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުން އެބަޖެހޭ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވައިގެން، ކައުންސިލްތަކުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްގެން މި ރިޕޯޓު އެއްކޮޅުން އަނެއްކޮޅަށް ނިމެންދެން ކިޔައިދޭން. އޭރަށް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާނެ ކަންކަން މިހާ ގޯސްވެގެން މިހިރީ ކިހިނެއްވެގެންކަން..

ފަލާހު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރަކަށް ލިބޭ ފަސް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައި ދައްކާލާ ވާހަކައަކުން، ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބިލިއަން ރުފިޔާގެ މި ބޮޑު ޖަރީމާގެ ފުންމިނާއި ހަގީގަތް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފަހުމް ނުވާނެ ކަމަށެވެ. ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އިސްނަގައިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް މި އޮޑިޓް ރިޕޯޓު ރަސްމީކޮށް ފޮނުވައި، ކައުންސިލްތަކުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރިޕޯޓުގައި ހިމެނޭ ކަންކަން އެއްކޮޅުން އަނެއްކޮޅަށް ކިޔައިދީ، ދައުލަތުގެ ފައިސާއަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: