ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ބެހުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ބިދޭސީން ނަގަން ޖެހި، ޑޮލަރު ގެއްލޭ: އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ސަރުކާރުން އެތައް ބައިވަރު މުވައްޒަފުންނެއް ޕްރައިވެޓް ސެކްޓާއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގާއިރު އިޤްތިސާދަށް ކުރާނެ ނޭދެވޭ ނަތީޖާތަކާ މެދު ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

”ސަންގު“ އާއި ”އަދަދު“ ނޫސް ގުޅިގެން ކުރިޔަށް ގެންދިޔަ ޑޮލަރު ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ, ކޮންމެ އިންތިޚާބަކާއި ދިމާކޮށް  ސަރުކާރުން ބޭކާރު ގޮތުގައި މުވައްޒަފުން ނަގާ އެ އެންމެނަށް ދައުލަތުގެ ބަޖެޓުން މުސާރަ ދޭން ޖެހުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވާކަމަށެވެ.

އޭގެ އިތުރުން އެކިއެކި ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް ކުއްލިއަކަށް އިންތިޚާބަކާއި ދިމާކޮށް ބޭކާރު ގޮތުގައި އެއްވެސް މަސައްކަތެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނެގުމުން އެ ވަޒީފާތަކަށް ބިދޭސީން ގެންނަން މަޖުބޫރުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ, ސަރުކާރުން ވިސްނާނުލާ މިގޮތަށް ބޭކާރު ގޮތުގައި މުވައްޒަފުން ނެގުމުން ޕްރައިވެޓް ސެކްޓަރތަކަށް ބިދެސީ މުވައްޒަފުން ގެންނަން މަޖުބޫރުވާކަމަށާއި އެ މީހުންނަށް އަދި މުސާރަ ރުފިޔާއިން ދިންކަމުގައި ވީނަމަވެސް އެމީހުން ޑޮލަރު ހޯދައިގެން އެމީހުންގެ ގައުމަށް ފޮނުވާކަމަށެވެ.

”މިސާލަކަށް މަސްވެރިކަން ކުރާ ދޯންޏަކުން މިނަގަނީ 20 މީހުންގެ ތެރެއިން 15 ވަރަކަށް މީހުން. ދެން ވަޒީފާ މިދެނީ ފެނަކައިން ނޫނީ ސްޓެލްކޯއިން. މިހެން ވަޒީފާ ދިނީމަ މަސްދޯނި ގެންގުޅޭ މީހާ މިޖެހެނީ ބޭރު މީހުން ގެންނަން. އެހެންކަމުން ދައުލަތުން ކުރަންޖެހޭ ހޭދަ އެބަ އިންތިހާއަށް ބޮޑުވޭ.“ އަމްރު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މީހުންނަށް ރުފިޔާއިން މުސާރަ ދިނަސް އެމީހުން ކޮންމެވެސް ގޮތަކުން ޑޮލަރު ހޯދައިގެން އެމީހުންގެ ޤައުމަށް ފޮނުވުމުން ރާއްޖެއިން ޑޮލަރު ބޭރުވާކަމަށާއި މިއީވެސް ސަރުކާރުން މިއަދު ވިސްނަންޖެހިފައިވާ ކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

”ޕްރައިވެޓް ސެކްޓާތަކަށް ބިދޭސީ މުވައްޒަފުން ގެނެސް އެ މީހުންނަށް އަދި މުސާރަ ރުފިޔާއިން ދިނަސް އަނެއް ދުވަހު އެމީހުން އެބަ ދުއްވައިގަނޭ ޑޮލަރު ހޯދަން އެމީހުންގެ ރަށަށް ފޮނުވަން. އެހެންވީމަ އަނެއްކާވެސް އެ އިތުރުވަނީ ޑޮލަރު ރާއްޖެއިން ބޭރަށް ދާން ގޮތެއް،“ އަމްރު

އަމްރު ވަނީ މިއަދު ރާއްޖެއަށް ޑޮލަރުގެ ތާށިކަން ދިމާވެގެން އުޅެނީ ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުންކަން ތަކުރާރުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: