ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭގެ ޒުވާން ދީނީ ޢިލްމުވެރިޔާ އަބޫ ތައިމިއްޔާ ރާއްޖެއަށް، އައްޑުއާއި ފުވައްމުލަކުގައި ވެސް ހަރަކާތްތަކެއް އޮންނާނެ!

މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާގެ ޚާއްޞަ ދީނީ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ޓަކައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޒުވާނުންގެ ހިތްތަކުގައި ޚާއްޞާ ގަދަރަކާއި ޝައުޤުވެރިކަމެއް ދެވިފައިވާ ޝައިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިންޒާމްކޮށްގެން 9 ދުވަހުގެ މުއްދަތަށް ”އެންލައިޓްން“ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށެވެ.

އެންލައިޓްން ޕްރޮގްރާމްގައި ޝެއިޚް އަބޫތައިމިއްޔާގެ ދީނީ އަދި ތަޢުލީމީ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އިންތިޒާމްކުރެވިފައި ވާއިރު އެ ހަރަކާތްތައް ބޮޑަށް އަމާޒުކޮށްފައިވަނީ ޒުވާނުންނާއި ފުރާވަރު ޢުމުރުފުރައިގެ ފަރާތްތަކަށެވެ. އެ ދަތުރުފުޅުގައި ޝެއިޚްގެ ޕްރޮގްރާމުތައް މާލޭ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދީ ފުވައްމަލަކު ސިޓީގައިވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަހަލްދީބް ފައުންޑޭޝަންއިން ބުނީ ޝެއިޚްގެ ދަތުރުފުޅުގެ ޕްރޮގްރާމްތައް ފެށޭނީ މާލޭއިން ކަމަށެވެ. އެއަށް ފަހު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ. އެކިއެކި ބައްދަލުވުންތަކާއި ޒުވާނުންނަށް ޚާއްޞަ ޑިނަރ އަދި ކޮފީއާއި ޔުނިވާސިޓީ ދަރިވަރުންނާއި ސްކޫލު ދަރިވަރުންނަށް ތަފާތު ޕޮރޮގްރާމްތައް ރޭވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޕްރޮގްރާމްތަކުގެ ތެރޭގައި އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެސަންތަކާއި ޢާންމު ދަރުސްއަކާއި، ހުކުރު ޚުޠުބާއަކާއެކު ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކެއް ވެސް ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންނަށް ޚާއްޞަ ސެޝަނަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންތަކާއި، ދިވެހި ޢިލްމުވެރިންނާއެކު ބާއްވާ ޚާއްޞަ ބައްދަލުވުމެއް ވެސް ރޭވިފައިވެއެވެ.

23 އޮގަސްޓުގައި، ޝައިޚް އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ޢާންމު ދަރުސްއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

25 އޮގަސްޓުގައި ޝައިޚް ފުވައްމުލަކަށް ވަަޑައިގެން، ސްކޫލް ސެޝަނަކާއި، ޒުވާނުންނާއެކު ބައްދަލުވުމަކާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އިތުރު ޢާންމު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ދުވަހެއް ޚާއްޞަ ކުރެވިފައިވެއެވެ.

ޝައިޚް އަބޫ ތައިމިއްޔާގެ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 27 އޮގަސްޓުގައެވެ.

މަހަލްދީބް ފައުންޑޭޝަންއިން ބުނީ މުޅި އެންލައިޓްން ޙަރަކާތަށް އެކިއެކި މުއައްސަސާތުގެ ބައިވެރިވުމާއި އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ޚާއްޞަކޮށް އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ތަޢުލިމީ ވުޒާރާއާއި އައިޔޫއެމް އާއި އެމްއެންޔޫ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލްތައް ފަދަ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: