ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިންނަށް ހަރަދު ނުދޭ މައްސަލައިގައި ލަންދޫ މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިންނަށް ހަރަދު ނުދޭ މައްސަލައެއްގައި ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މީހަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ހަރަދު ނުދޭ މައްސަލައެއްގައި ޖަލަށް ލައިފައިވަނީ އަހުމަދު އަންވަރު، ހެޕީނައިޓް، ކ. ކާށިދޫއެވެ. އެގޮތުން ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލަށް ލައިފައިވާ ކަމަށް އެ ކޯޓުން އާންމުކުރި މައުލޫމާތުގައިވެއެވެ.

ދަރިންނަށް ހަރަދުނުދޭ މީހުންގެ ފޮޓޯ އެންމެ ފުރަތަމަ އާންމުކުރީ ޅ. ހިންނަވަރު ކޯޓުންނެވެ. އެއަށްފަހު އެހެން ބައެއް ކޯޓުތަކުން ވެސް ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކޮށްފައިވެއެވެ.

ލަންދޫ ކޯޓުން ވަނީ އެ މީހާގެ ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 55 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެފައެވެ. އެ މާއްދާގައި ވަނީ ހަރަދު ނުދައްކާ މީހުންނަށް ކޯޓުގެ ހުއްދަނެތި ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފަހައްޓައި، އޭނާގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް އެކައުންޓުތައް ފްރީޒް ކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅޭނެ ކަމަށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން އޭނާގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ އެ މުދަލެއް ކޯޓަށް ނެގުމުގެ އިތުރުން އެ މީހާގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް އެ ގާނޫނުން ވަނީ ދީފައެވެ.

ރާއްޖެއަކީ ވަރި އެންމެ ގިނަ ގައުމު ކަމަށްވާއިރު ދަރީންގެ ހަރަދަށްވާ ފައިސާގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދުން ނުފުދުމާއި ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވުމަކީ ޒަމާންވީ ނަމަވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: