ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭ ކުންފުނިން ހުށަހެޅި ބިޑްތައް ބަލައިނުގަތީ ގޯސްކޮށް ކަމަށް ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއާ ގުޅިގެން އެސްޖޭ ކުންފުނިން ހުށަހެޅި ބިޑްތައް ބަލައިނުގަތީ ގޯސްކޮށް ކަމަށް ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ހދ. ހަނިމާދު އާއި ހދ. ނޮޅިވަރަންފަރާއި ތ. ވިލުފުށީގައި ހައުސިން ޔުނިޓް އެޅުމަށް ފެބްރުއަރީ، 2021 ގައި ސަރުކާރުން ކުރި އިއުލާނާ ގުޅިގެން އެސްޖޭ ކުންފުނިން ބިޑް ހުށަހެޅި ނަމަވެސް ބިޑްތައް ޑިސްކޮލިފައިކުރަން ނޭޝަނަލް ޓެންޑާ ބޯޑުން ނިންމިއެވެ.

އެ މައްސަލަ އެސްޖޭއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އެސްޖޭގެ ބިޑްތައް ޑިސްކޮލިފައިކުރީ ގޯސްކޮށް ކަމަށެވެ.

ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ޖޫން މަހު ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުއެވެ.

ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ. އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރިއިރު ހދ. ހަނިމާދޫގެ ހައުސިން މަޝްރޫއުގެ ބިޑާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމާފައި އޮތީ އެސްޖޭ ކުންފުނީގެ ބިޑްތައް ހިމަނައިގެން އަލުން ބިޑް އިވެލުއޭޓް ކުރުމަށެވެ.

ދެން އޮތް ދެ ބިޑާ ގުޅޭގޮތުން އެ ކޯޓުން ނިންމާފައި އޮތީ އެސްޖޭގެ ބިޑް އިވެލުއޭޓް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެސްޖޭއަށް ލިބިގެންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: