ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދުގައި މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަނީ!

ކެބިނެޓު ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބައިތިއްބާ އުސޫލު ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައެއް މުހިންމު ނިންމުންތަކުގެ ތަފްސީލުތައް އާންމުކޮށް، ރައީސް އޮފީހުން ބުނީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫއުތަކާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރިޔަށް ގެންދެވިފައިވާކަމަށެވެ.

އެގޮތުން ވާނުވާ ބަންދުގެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުގައި ކުރި މަޝްވަރާ ކުރެވިފައިވަނީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ އަދުލުގެ ނިޒާމުގައި ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ އަދި އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވާނުވާ ބަންދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެވެ. އެގޮތުން ނުވާ ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަމުންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ނިންމެވުމުގެ އިތުރުން، އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުގެ އެކި ދާއިރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާތަކުން ހުށަހެޅި މުހިންމު ކަންކަމާ މެދު ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މުހިންމު ސިޔާސަތުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: