އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް އިންތިޒާމްކުރާ
ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނުގެ ސަބްޖެކްޓް އޭރިއާތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޢާންމުކޮށްފިއެވެ.
ދިވެހި ރާއްޖޭގެ ބާ ކައުންސިލުން ބުރާސްފަތިދުވަހު ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ، މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް އިންތިޒާމްކުރާ ބާ އިމްތިޙާނުގައި، ސުވާލުތައް އަންނާނެ މައިގަނޑު ސަބްޖެކްޓް އޭރިއާތައް ޢާންމުކޮށްފައެވެ.
މި ގޮތުން، މައިގަނޑު ސަބްޖެކްޓް އޭރިއާތަކަކީ،ކޮންސްޓިޓިޔުޝަނަލް، ޕަބްލިކް ލޯކޮންޓްރެކްޓް، ލޯކްރިމިނަލް، ލޯޓޯޓް، ލޯލޭންޑްޕްރޮޕަރޓީ، ލޯމޯލްޑިވިއަން ލީގަލް ސިސްޓަމް ކަމަށް ބާ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ބުނީ، މި އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އޯގަސްޓު 1 ވަނަ ދުވަހުގެ ކުރިންއެ ކައުންސިލުގައި، އެކަމަށް ކަނޑައެޅޭ ފޯމު މެދިވެރިކޮށް ރަޖިސްޓަރީ ކުރަންވާނެކަމަށެވެ.
މީގެ އިތުރުން، ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަނާބެހޭ މަޢުލޫމާތާއި، އިމްތިޙާނުގެ މުޤައްރަރާއި، އިމްތިޙާނު ދޭނެ ގޮތާއި، އިމްތިޙާނު އޮންނާނެ ތާރީޚް އިޢުލާނުކުރާނީ، އަންނަ ޖޫން މަހުގެ ތެރޭގައިކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ވަނީ، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް secretariat@maldivesbarcouncil.org
އަށް އީމެއިލްކުރުމަށް އެދިފައެވެ.

