ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1441 ވަނަ އަހަރު މާލޭސިޓީން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮންލައިންކޮށް

2018 ވަނަ އަހަރު ފިތުރު ޒަކާތް ދެއްކުމުގެތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1441 ވަނަ އަހަރު މާލޭސިޓީން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮންލައިންކޮށްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ހުކުރުވިލޭރޭ ނެރުނު ބަޔާނުގައި ބުނީ، 1441 ވަނަ އަހަރު މާލެއާއި، ވިލިމާލެއާއި، ހުޅުމާލެއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮންލައިންކޮށްކަމަށާއި، މެސެޖުގެ ޒަރީޢާއިންކަމަށެވެ.

މި ގޮތުން، ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް ޒަކާތް ބަލައިގަނެވޭނެކަމަށެވެ.

މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގ ”ފައިސާ ނެޓް“ އަދި މޯބައިލް ބޭންކިންގ ”ފައިސާ މޮބައިލް“ އާއި، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، ކޮވިޑު 19 ގެ ސަބަބުން، ކުރިމަތިވެފައިވާ ހާލަތު ރަމަޟާންމަހުގެތެރޭގައި ރަނގަޅުވެ، ޢާންމު ހާލަތަކަށް ރުޖޫޢަވެއްޖެނަމަ، އެހެން އަހަރުތަކެކޭ އެއްފަދައިން، އެ މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭ ސިޓީ ފިޔަވައި، ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުތަކުން ކަމަށެވެ.

1441 ވަނަ އަހަރު ފިތުރު ޒަކާތް ދައްކަންޖެހޭނީ، ހަނޑުލުން ނަމަ 15ރުފިޔާކަމަށާއި، ތައިލެންޑް ހުދު ހަނޑުލުން 48 ރުފިޔާކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ބާސްމަތީ ހަނޑުލަށްނަމަ 105 ރުފިޔާ ކަމަށާއި، ރަތް ހަނޑުލުން ނަމަ 65 ރުފިޔާއާއި، އާދައިގެ ފުށުން ނަމަ 12 ރުފިޔާއާއި، އާޓާ ފުށުން ނަމަ 55 ރުފިޔާކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: