މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު އެ މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން، މި މަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސާފައިވާތީ، މި ނާޒުކު ހާލަތުގައި ވެސް، ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ މުހިއްމުކަމެއްކަމަށް ދޭކޭކަމަށެވެ.
މި ގޮތުން، އެ މިނިސްޓްރީގެ އޮފީހާގުޅޭ ޢާންމު ކަންކަމުގައި މަޢުލޫމާތު ހޯދުމަށް، ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް 3004300/3004302 ނަންބަރު މެދުވެރިކޮށް ގުޅުމުން ލިބޭނެކަމަށެވެ.
މީގެ އިތުރުން، ”މަގޭހިޔާވެހި“ ހެލްޕްޑެސްކްގެ ޚިދުމަތް
ކޮންމެ ހަފުތާއެއްގެ، އާދީއްތަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި، މެންދުރު 14:00 ދެމެދުގައި އެ މިނިސްޓްރީގެ 3021500/3021503 ނަންބަރު މެދުވެރިކޮށް ލިބިގެންދާނެކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.
ހައުންސިންގް މިނިސްޓްރީން ބުނީ, ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ލިޔެކިޔުންތައް ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީފަދަ ތަކެތި ބަލައިގަންނާނީ، އީ-ގަވް ނުވަތަ އީމެއިލް secretariat@housing.gov.mv
މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ވަނީ، އެ މިނިސްޓްރީއާއި ގުޅުން ހުރި ކަމެއްގައި އިމަޖެންސީކޮށް މެސެޖްކުރެވޭނެ މަގު ވެސް ތަނަވަސްކޮށްފައެވެ.
މި ގޮތުން، އެ މިނިސްޓްރީއާއި ގުޅުން ހުރި ކަމެއްގައި އިމަޖެންސީކޮށް މެސެޖްކުރުމަށް 7950712 ނަންބަރު މެދުވެރިކޮށް ވައިބަރ ނުވަރަ ވަޓްސްއަޕް ނޫންނަމަ ޓެލެގްރާމް މެސެޖުކުރެވޭނެކަމަށް ވެސް، އެ މިިިނިސްޓްރީން ބުނެއެވެ.

