ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

21 މީހަކު ހައްޔަރުކޮށް، 105 މީހަކު ޖޫރިމަނާކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންކޮށްފައިވަނިކޮށް އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެއުޅުނު 21 މީހަކު ހައްޔަރުކޮށް، 105 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހުކުރުވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި މަގުމަތީގައި ހުއްދައެއްނެތި އުޅުނު 21 މީހަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި 105 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

ލޮކްޑައުންގެ ހާލަތުގައި މަގުމައްޗައް ނިކުމެވޭނީ، ފުލުހުންގެ ހުއްދަ ލިބިގެންނެވެ. ފުލުހުންގެ ހުއްދައާއިނުލައި، ނިކުމެ އުޅެފިނަމަ، 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވެސް ފުލުހުން ކުރިންވަނީ ބުނެފައެވެ. އަދި ކުށް ތަކުރާރުކުރާނަމަ ޤާނޫނުގެތެރެއިން ފުލުހުންހުންނަށް ލިބިދޭ ބާރުގެ ދަށުން ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައި ހައްޔަރުކުރާނެކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިކަމަށް އަލިއަޅުވައިލައްވައި ނަވީން ވިދާޅުވީ، ފުލުހުން ދޭ ހުއްދަ ނާޖާއިޒުގޮތުގައި ބޭނުންކުރާ މީހުން އުޅޭކަމަށާއި، އެ ފަދަ ހުއްދަތައް ބާޠިލުކުރާނެކަމަށެވެ.

ނަވީން ވިދާޅުވީ، ލޮކްޑައުންގެ މާނައަކީ، ގޭގައި ތިބުންކަމަށާއި، ލޮކްޑައުންކޮށްފައިވަނިކޮށް މަގުމަތީގައިއުޅެ، ގޭގެއަށް ޒިޔާރަތްކުރާކަމަށްވާނަމަ ޑޮކްޓަރުން ވިދާޅުވާ ނަންބަރުތައް އިތުރުވާތަން ފެންނާނެކަމަށެވެ.

މަގުމައްޗަށް ނިކުންނަ ގިނަ މީހުންގެ ޝަކުވާއަކަށްވެފައި އޮންނަނީ، ޑެލިވަރީގެ ޚިދުމަތްތައް ލަސްވާ ވާހަކައާއި، ޑެލިވަރީގެ ޚިދުމަތްތައް ނުލިބޭ ވާހަކައެވެ. ވިޔަފާރިކުރަން ނިކުތުމުގެ އިތުރަށް ޑެލިވަރީކުރާ ތަންތަނުން ވެސް އެ ކަމުގެ ހުއްދަނގަންޖެހެއެވެ. އެ ގޮތުން ޑެލިވަރީކުރާ ވެހިކަލްގައި ފުލުހުންދޫކުރާ ސްޓިކަރއެއް ހަރުކުރަންޖެހެއެވެ.

މި ގޮތުން، ބުރާސްފަތި ދުވަހުގެރޭގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަުން ނަވީން ވިދާޅުވީ، ޑެލިވަރީގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް، މިހާރު 4260 ސްޓިކަރ ދޫކޮށްފައިވާކަމަށެވެ.

އެ ގޮތުން ހަމައެކަނި ބުރާސްފަތި ދުވަހު ވެސް، 161 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: