މާލޭގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކޮރޯނާ ވައިރަސްއަށް އިތުރު ހަ މީހަކު ޕޮޒިޓިވް ވެ މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 116 އަށް އަރައިފިއެވެ.
މައުލޫމާތުތައް ހިއްސާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދެ ދިވެހިންނާއި، ދެ ބަންގްލަދޭޝް މީހުން، އަދި އިންޑިއާ، ސްރީލަންކާއަށް ނިސްބަތްވާ އެކަކު ކަމަށެވެ.
ޕޮޒިޓިވް ވި މީހުންނަކީ، ކޮން ކްލަސްޓާއަކަށް ނިސްބަތްވާ ބައެއްކަން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް، އިއްޔެ އެއް ތަނެއްގައި ދިރިއުޅެމުން އައި 14 ބަންގްލަދޭޝްގެ މީހެއް ބައްޔަށް ޕޮޒިޓިވްވެފައިވާތީ އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންދަނީ ކުރިޔަށެވެ.
https://twitter.com/HPA_MV/status/1253603432814071808

