ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބަދަލުގެނެސްފިއެވެ.
އެ ކުންފުނިން، މި ގޮތަށް ނިންމާފައިވަނީ ރަމަޟާންމަހާއި ގުޅިގެންނެވެ.
މި ކަން ހާމަކޮށް، އެ ކުންފުނިން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ވަނީ ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައެވެ.
މި ގޮތުން، ހުކުރު ދުވަސް ފިޔަވައި، ދެން ހުރި ދުވަސްތަކުގައި ޚިދުމަތް ފޯރުކޮށްދޭނީ، ހެނދުނު 11:00 އިން ފެށިގެން، މެންދުރު ފަހު 15:00 އަށްކަމަށާއި، ރޭގަނޑު ޚިދުމަތްދޭނީ، 8:30 އިން ފެށިގެން 10:30 އަށްކަމަށް މޯލްޑިވް ގޭސްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ޚިދުމަތް ފޯރުކޮށްދޭނީ، މެންދުރުފަހު 13:30 އިން ފެށިގެން، 15:00 އަށްކަމަށާއި، އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން، ހުކުރުދުވަހު ރޭގަނޑު 8:30 އިން ފެށިގެން 10:30 އާއި ހަމައަށް ޚިދުމަތް ފޯރުކޮށްދޭނެކަމަށް ވެސް މޯލްޑިވް ގޭސްއިން ބުނެއެވެ.
އެ ކުންފުނިންވަނީ، ކަސްޓަމަރުންނަށް
ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް، ހަމަޖައްސާފައެވެ.
މީގެ އިތުރުން، އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދެއްކުމުގެ ކަންތައްތަކާއި، ގޭހަށް އޯޑަރު ދިނުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިންވަނީ، ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފައިސާގެ ބަދަލުގައި އޮންލައިންކޮށް ޕޭމަންޓްގެ ކަންކަން ނިންމުމަށާއި، އޯޑަރު ދިނުމުގައި އޮންލައިން ޚިދުމަތްތައް އިސްކުރުމަށް އެދިފައެވެ.

