ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މިނިސްޓަރު ވިދާޅުވަނީ އިޤްތިޞާދު އޮތީ ވެންޓިލޭޓަރުގައި ކަމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރާހާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތައް އަންނަމުންދާ ގޮތަށް ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ލޮޅުންތަކެއް އައިސް ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއީ އާންމު ހާލަތެއް ނޫން ކަމަށާއި މި ހާލަތުގައި އިގްތިސޯދަށް ބޭނުންވާ ބޭސް ދޭން ޖެހޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ އިގްތިސާދުގެ މުހިއްމު ބައިތަކާއި ކަންކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސްޖެހުމަކީ މުސްތަގުބަލަށް ދެވޭނެ ގެއްލުމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އިގްތިސާދަކަށްވެފައި މި ގޮންޖެހުންތަކާއެކު ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މިހާރު ރާއްޖެ އޮތްކަމަށް ބެލެވެނީ ސިނާރިއޯ 3 ގައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މި ސިނާރިއޯގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 50 އިންސައްތަ ފަތުރުވެރިންނެވެ.  އަހަރުގެ ބާކީ އޮތް މުއްދަތުގައި 462،868 ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރު މުޅި ޖުމްލަ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ 845،546 ފަތުރުވެރިންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ މާޗު މަހުން ފެށިގެން ހަރަދު ކުޑަކުރަން ފިޔަވަޅު އެޅުމާ އެކު މިހާރު ވެސް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިފައިވާކަން ވެސް އަމީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: