ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮސިޓިވްވި މީހުން ބަހައްޓާފައިހުރި ބްލޮކެއްގައި މެންދުރުފަހުން ފެށިގެން ކަރަންޓެއް ނެތް! ތުއްތު ކުއްޖެއް އެބަހުރި! ފެން ލީކުވޭ! ހިދުމަތް ވަރަށް ދަށް!

ފަރުކޮޅުފުށީގައި މިއަދު މެންދުރުން ފެށިގެން ކަރަންޓެއް ނެތް.. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން ފަރުކޮޅުފުށީގައި ހަދާފައިވާ ފެސިލިޓީގެ ފެންވަރު ވަރަށް ދަށްކަމަށާއި، މިއަދު މެންދުރުފަހު02:30 އިން ފެށިގެން އެތަނުން ބްލޮކެއްގައި ކަރަންޓް ހިދުމަތް މެދުކެނޑި މިވަގުތާއި ހަމައަށް ކަރަންޓް ދެވިފައިނުވާކަން ސަންގަށް ކަށަވަރުވެއްޖެއެވެ. 

ފަރުކޮޅުފުށި ފެސިލިޓީގައިހުރި ޕޮޒިޓިވްވި ބައެއް ފަރާތްތަކުން ސަންގާއި މިރޭ ވާހަކަދައްކަމުން ބުނީ، އެތަނުގައި ފަސް ވަރަކަށް ބްލޮކް ހުންނަކަމަށާއި އެކި ބްލޮކްތަކުގައި ތިބެނީ އެކި އަދަދަށް މީހުން ބަހައްޓާފައިކަމަށެވެ. މި ބްލޮކްތަކުގައި އެނދުތައް ބަހައްޓާފައި ހުންނަނީ ހަ ފޫޓް ހަ ފޫޓް ދުރުގައިކަމަށާއި އެނޫން އެއްވެސް ހާއްސަ ކަމެއް ނެތް ކަމަށެވެ. 

ކަރަންޓްދިޔަ ބްލޮކްގައި ތުއްތު ކުއްޖެއްވެސް އެބަހުރިކަމަށާއި، އެތަނުގައި އިންތިހާއަށް މަދިރި ގިނަކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް މަދިރި ކޮންޓްރޯލްކުރުމަށް މަސައްކަތެއް އެތަނުގައި ނުކުރާކަމަށާއި، އެތަން ހޫނުކަމުގެ ޝަކުވާ ހުރިހާ ފަރާތްތަކުންވެސް ކަމާއިބެހޭ ފަރާތްތަކަށް ކޮށްފައިވާކަމަށް ބުންޏެވެ. ނަމަވެސް މިއިން ކަމަކަށް މިހާތަނަށް ހައްލެއް ހޯދައިދީފައިނުވާކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ. 

ކަރަންޓީން ބްލޮކްތަކުގައި އެއަރކޮންޑިޝަންތައްހުރިނަމަވެސް އެ ބްލޮކްތައް ހޫނުގަދަކަމުން އެކަމުގެ ޝަކުވާވެސް އެފަރާތްތަކުންވަނީ ކޮށްފައެވެ. އަދި މިކަމުން ފަސޭހަވުމަށް ހޫނުފެން ބުއިންފަދަ ކަންކަން އާދަކުރުމަށް ބުނި ނަމަވެސް ހޫނުފެން ލިބޭނެ ވަސީލަތެއްވެސް ގިނަ ތަންތަނުގައި ނެތްކަމަށް މައުލޫމާތުދިނެވެ. 

މިއަދު މެންދުރުން ފެށިގެން މިތަނުގައި ކަރަންޓެއް ނެތް، މިހާރު އެންމެން މިތިބީ ކަނު އަނދިރީގަ. މިއަދު މެންދުރު ވާރޭވެހުނު ގަޑީގައި އެތަން މިތަނުން ފެން ލީކުވަނީ. ކަރަންޓެއް ނެތް، މަދިރީގެ އުނދަގޫ އެހާ ބޮޑު. ތުއްތު ކުއްޖެއް މިތާ އެބަހުރި. މިއީއެއް ނޫން ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާއިމެދު އަމަލުކުރަންޖެހޭނެ ގޮތަކީ. އެއް ތަނެއްގައި10 އެނދު12 އެނދު ޖަހާފައި ހުރިއިރު ފާހަނަކުރުން އެހާ އުނދަގޫ. ދަންވަރު ފާހަނައަކަށް ދާންވީމާ ގިނަ މީހުން ތިބެނީ ފާހަނަ ނުކޮށް، ނުދަންނަ ބައިވަރު މީހުން އަޅާލާފަ އޮތް ތަނެއް މިއީ. ހިދުމަތްތައް ވަރަށް ވަރަށް ދަށް: ސަންގާއި މައުލޫމާތު ހިއްސާކުރި ފަރާތެއް

ސަންގާއި ވާހަކަދެއްކި ފަރާތްތަކުން ބުނީ ޕޮޒިޓިވް ވެގެން އެތަނަށް ގެނައި ފަރާތްތަކުގެ ކިބައިން ފެންނަނީ އެކި އަލާމާތްތައްކަމަށާއި، ބައެއް ފަރާތްތަކުން ކަރުގައި ރިއްސާއިރު، އަނެއް ބަޔަކު ކަންފަތުގައި ރިއްސުން ނުވަތަ ހުން އައުން، ރޯގާގެ ނިޝާންތައް ފެންނަކަމަށެވެ. އަދި ބޭރުފުށަށް އެއްވެސް އަލާމާތެއް ނެތް ފަރާތްތައްވެސް އެތާ އެބަތިބިކަމަށާއި، ނަމަވެސް އެއް ތަނަކަށް ގިނަ މީހުން ޖަމާކުރުމުން އެކެއްގެ ފަރާތުން އަނެކަކު އިތުރަށް ބަލިވުމުގެ ކަންކަންވެސް އެތަނުން ފެންނަކަމަށެވެ. 

 

މިތަނަށް އައިރަށްވުރެ މީހުން މިހާރު ބަލި. އެކި އަލާމާތްތައްހުރި މީހުން މިތިބީ ބަލްކުކޮށް މިތާނގަ. ރޯގާ ނޫނީ ހުމުގެ ކަމެއް ނެތް މީހާ އައިސް މިލަނީ ހުން ހުންނަ މީހުން ކައިރިއަށް. ކަރުގަ ރިއްސާ ނުވަތަ ކަންފަތުގަ ރިއްސާ މީހާ ކީއްކުރަން ހުމާއި ރޯގާ ގަދަޔަށް ޖެހިފަ ހުންނަ މީހުންކައިރިއަށް ލާންވީ. ރަނގަޅަށް ކެޓަގަރައިޒްކޮށްފައެއްނޫންތޯ މީހުން ބައިތިއްބަން ޖެހޭނީ. އަޅުގަނޑަށް ހިޔެއްނުވޭ ރައީސް ސޯލިހަށްވެސް މިކަންކަން ދަނީ މިމަގުންހެން އެނގޭހެން. އެހެންވީމާ މިތަނުގެ ހާލަތު ހާމަވާން އެބަޖެހޭ: ސަންގާއި މައުލޫމާތު ހިއްސާކުރި ފަރުކޮޅުފުށި ބަލި މީހެއް

ފަރުކޮޅުފުށީގެ އިތުރުން މީގެކުރިން ބިދޭސީންތަކަކާއިމެދު ދަށް ފެންވަރެއްގައި އަމަލުކުރުމުގެ ކަންތައްތަކެއް ފެންމަތިވިއެވެ. އެފަހަރު މަބްރޫކް އެކަން ދޮގުކުރުމަށްފަހު ފަހުން ވަނީ މައާފަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: