ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭއިން އެނބުރި އައުމަށްފަހު ބައްޔަށް ޕޮޒިޓިވް ވި ދެ ދިވެއްސެއް ބަލިން ރަނގަޅު ވެއްޖެ

މާލޭގައި ކޮރޯނާ ވައިރަސް ކޮމިއުނިޓީ ސްޕްރެޑްއަކަށް: ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ފަރުވާދެމުންދިޔަ ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ބައްޔަށް ޕޮޒިޓިވް ވި ދެ ދިވެހިން ކަމަށެވެ. އެއީ ކޭސް 17 އާއި 19 އެވެ.

އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ކޭސް 18 ގެ ވެސް ޓެސްޓު ޑަބަލް ނެގެޓިވް ކަމަށެވެ. އެހެން ނަމަވެސް އޭނާ ކުރިން ހުރި ހާލަތަަށް ބެލުމަށްފަހު އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލާނީ އެ ސާމްޕަލް ނެގެޓިވްވުމުން ކަމަށް ވިދާޅުވިއެވެ. އެއީ ބަލި ރަނގަޅުވުމަށްފަހު ވެސް ބައެއް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން، ބަލި ޖެހި ރަނގަޅު ނުވަނީ ތިން ދިވެހިންނެވެ. އެހެން ކަމުން، މިހާރު ރަނގަޅުވި ދެ ދިވެހިންނާއި އެކު ބާކީ ހުންނާނީ ކޭސް 18 އެކަންޏެވެ. އޭނާ ވެސް ބަލި ރަނގަޅުވުމާއި އެކު ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައި ބަލި ޖެހުނު މީހުން ރަނގަޅު ވީއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 14 ދުވަސް ފުރިހަމަވާ މީހުންގެ ސާމްޕަލްތައް ނަގަމުން ދާ ކަމަށެވެ. އެގޮތުން ޑަބަލް ނެގެޓިވް ވި 263 މީހެއް ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހެކެވެ. އަދި އައިސޮލޭޝަންގައި 150 މީހަކު އެބަތިއްބެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ. އަދި މާލެއިން ޕޮޒިޓިވްވީ މީހުން އަދަދު ވަނީ 107 އަރާފަ އެވެ. އިއްޔެ އެކަނިވެސް މާލެއިން ބައްޔަށް 25 މީހަކު ޕޮޒިޓިވް ވިއެވެ. އަދި މިއަދު ވަނީ 18 މީހަކު ޕޮޒިޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: