ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް ކ. މާފުށީގައި!

ފޮޓޯ: އޫރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ ފޯރިގަދަ ”އުރީދޫ މަސްރޭސް 2026“ މި ހުކުރު ދުވަހު ކ. މާފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އަހަރުގެ މަސްރޭހުގައި ވާދަކުރުމަށް މުޅިއެކު 16 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ވަރަށް ފޯރިއާއެކު ކުރިއަށްދާނެ ކަމަށް ބެލެވޭ މި މުބާރާތުގައި ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތަފްސީލަކީ:

• ޗެމްޕިއަން ޓީމް: 25،000 ރުފިޔާ

• ދެވަނަ ޓީމް: 10،000 ރުފިޔާ

• ތިންވަނަ ޓީމް: 5،000 ރުފިޔާ

މީގެ އިތުރުން ވަކިވަކި ފަރުދުންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، އެންމެ މޮޅު ފިރިހެން މަސްވެރިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަށް ވެސް ކޮންމެ ކެޓަގަރީއަކުން 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ސަގާފީ މަސްވެރިކަމުގެ ހުނަރުތައް ދިރުވައި އާލާކުރުމަށާއި، މި ދާއިރާއަށް އޮންނަ ލޯބި ދެމެހެއްޓުމުގެ މަތިވެރި މަގުސަދުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ އާންމުން އަބަދުވެސް ވަރަށް ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ބައިވެރިވަމުން އަންނަ މުހިންމު އިޖުތިމާއީ ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: