ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދެ ވެރިކަމަށްވުރެ ބޮޑު ހޭދައެއް މި ސަރުކާރުން ދަރަނި ދައްކަން ޑޮލަރުން ކުރި: ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނި ހަލާސްރުމަށް ޑޮލަރުންކޮށްފައިވާ ހޭދަ، ވޭތުވެދިޔަ ދެ ސަރުކާރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުން މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވަނީ 191 މިލިޔަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެ މުއްދަތުގައި ލޯނުތަކަށް ދައްކާފައިވަނީ 428 މިލިޔަން ޑޮލަރުކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގައި މިހާތަނަށް ދަރަނި ދެއްކުމަށް އެކަނިވެސް 1.293 ބިލިޔަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މި ހޭދައިގެ ތެރޭގައި 2021 ވަނަ އަހަރު ބައިނަލްއަޤްވާމީ ބާޒާރަށް ވިއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުއެއްކޮށް ދައްކައި ހަލާސްކުރުން ހިމެނޭކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ރަސްމީ ރިޒާވްގެ 56 އިންސައްތަ މިހާރުވެސް ހޭދަކުރަން ޖެހެނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމަށެވެ. އަދި ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ބޭނުންކުރަމުން ދަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތެލާއި ގޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށާއި، ބޭސްފަރުވާއަށާއި ދަތުރުފަތުރަށް ފުރާ ދިވެހިންނަށާއި، ބޭރުގައި ކިޔަވާ ދަރިވަރުންގެ ފީތައް ހަމަޖައްސައިދިނުމުގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ދޫކުރުމަށެވެ.

ބޭރު ފައިސާގެ ދަތިކަން ހައްލުކޮށް ރިޒާވް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރުމުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތައް މެނޭޖްކުރަމުން ދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗަށް އެއްވެސް ދަތިކަމެއް ނާންނާނެހެން، ސަރުކާރުގެ މުއައްސަސާތައް ގުޅިގެންކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: