ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޓީ މެދުވެރިކޮށް މުދާ އެތެރެކުރާކަން ކަށަވަރުކުރަން ހާއްސަ ނިޒާމެއް ގާއިމުކުރަނީ!

އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާ، ޒަރޫރީ މުދާ އެތެރެކުރުމަށް ހަމަޖެހިފައިވާ އުސޫލުން ބޭނުންކުރޭތޯ ބެލުމަށްޓަކައި ހާއްސަ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން މި ނިޒާމު ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ، ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާ ފޮނުވާ ފަރާތްތަކުން، އެ ފައިސާއާ އެއްވަރަށް މުދާ ރާއްޖެ އެތެރެކުރޭތޯ ކަށަވަރުކުރުމެވެ.

އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން މި ފިޔަވަޅު އަޅާއިރު، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރާ ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ގުޅިގެން ވެސް އަންނަނީ ކުރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ހެދުމަށް އެކަނިވެސް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިޔަފާރިވެރިންނަށް ދޫކޮށްފައިވެއެވެ. މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މަހަކަށް 12 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މީގެ އިތުރުން، ފާއިތުވި ހަތް މަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 570 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އެއީ ދުވާލަކަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރެވެ.

ރާއްޖެއަކީ ދިރިއުޅުމުގެ ގިނަ ބޭނުންތަކަށް ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، މުދާ އިމްޕޯޓްކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮނުވާ ޓީޓީއަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ދެމެހެއްޓުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ މާލީ މުއާމަލާތެކެވެ.

ފާއިތުވި ފެބުރުއަރީ މަހުން ފެށިގެން ރާއްޖޭގެ މާލީ ބާޒާރަށް ބޭރު ފައިސާ ވަންނަ މިންވަރު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަށްވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: