ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހަށް ހާޒިރުކުރިކަން ކަށަވަރުކޮށްދީ މަޓީން ބުނީ، ޑޮލަރު ކަޅު ބާޒާރުގެ ޒިންމާ ރިސޯޓުތަކުގެ ބޮލުގައި ނޭޅުވޭނެކަމަށް!

މަޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: މަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ލާޒިމުވާ ގޮތަށް ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލަކީ އެއްގޮތަކަށް ވެސް ދެކޮޅުޖެހޭ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ނެގޭނެ ބުރައެއް ނޫންކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.

ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އިންތިހާއަށް އަގު އުފުލި، ޑޮލަރުގެ ތާށިކަން ދިމާވެފައިވަނިކޮށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މަރުކަޒީ ބޭންކުގެ ގަވަނަރ އަހުމަދު މުނައްވަރާއި، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ހޯމް މިނިސްޓަރ އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވި މި ޕްރެސްގައި ޑޮލަރު ކަޅު ބާޒާރުގައި ވިއްކައި މާލީ މަންފާތައް ނަގާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ބައެއް ރިސޯޓުތަކުން ރެޖިސްޓްރީ ނުކުރުމާއި، އަދި ޑޮލަރު މާރު ނުކުރާ މައްސަލަ ވެސް ފެންމަތި ކުރި މި ޕްރެސްގައި މުނައްވަރު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ރިސޯޓުތަކުން ކޮންމެ މަހަކު ވެސް އެ ތަންތަނުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

މިއީ މިހާރު ކޮންމެ ތިން މަހަކުން އާމްދަނީގެ 20 އިންސައްތަ އާ ހަމައަށް މާރުކުރަން އޮންނަ އުސޫލަށް ގެންނަން އުޅޭ ބޮޑު ބަދަލެކެވެ.

ސަރުކާރުގެ ބައެއް ނިންމުންތަކަށް ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނުގައި މަޓީން ވަނީ އިއްޔެގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރައީސް އޮފީހަށް ”ކެބިނެޓު އިސްވަޒީރުންތަކެއް ތިބެގެން“ އެ ޖަމިއްޔާ ހާޒިރުކުރިކަމަށް މިއަދު މީޑީއާތަކުން ކުރި ރިޕޯޓުތައް ވެސް ކަށަވަރުކޮށްދީފަ އެވެ. ރައީސް އޮފީހަށް މަޓީ ހާޒިރުކޮށް، މިއަދު ޕްރެސްގައި ވެސް ތިއްބެވި ބޭފުޅުން ކުރި ތުހުމަތަކީ ޑޮލަރަށް މަކަރު ހަދާކަމުގެ ތުހުމަތެވެ.

މަޓީން އާންމު ކުރި ބަޔާން

ނަމަވެސް އެ ބައްދަލުވުމުގައި މިފަދަ އެއްވެސް ބަދަލެއް ސަރުކާރުން ގެންނަން އުޅޭކަމަށް ހިއްސާކޮށްފައި ނުވާކަމަށް މަޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ބައްދަލުވުމަކަށް ދިޔަކަން ކަށަވަރުކޮށްދިނުން ފިޔަވަައި އިތުރު ތަފްސީލެއް ބަޔާނުގައި ނެތެވެ.

ވަނީ، ރިސޯޓުތައް ހިންގުމުގެ ބޮޑު ހޭދައެއް އަދިވެސް ހިނގަނީ ސީދާ ޑޮލަރުން ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު، ތެލާއި ލޮޖިސްޓިކްސް އަދި މުދާ އެތެރެކުރުމުގެ ހަރަދުތަކުގެ އިތުރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، ބިމު ކުލި އަދި ބޭރުގެ ލޯނުތައް ދައްކަން ޖެހެނީ ވެސް ޑޮލަރުންކަމަށްވާއިރު، އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުމަކީ ވިޔަފާރިތަކަށް ހުއްޓުމެއް އަތުވެދާނެ ވަރުގެ ބޮޑު ބުރައެއްކަމަށް ބަޔާނުގައި ވެއެވެ.

ސަރުކާރުގެ މި ފިޔަވަޅަކީ ބައެއް ރިސޯޓުތަކުން ޑޮލަރުގެ ކަޅު ބާޒާރުގައި މުއާމަލާތްކޮށް ރޭޓު މަތިކުރާކަމަށް ބުނެ އަޅާ ފިޔަވަޅެއްކަމަށް ސަރުކާރުގެ އޮފިޝަލުން މަޓީއަށް އަންގާފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މަޓީން ބުނީ ވަކިވަކި އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާތީ، މުޅި ސިނާއަތަށް ގެއްލުންވާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ކަޅު ބާޒާރުގެ ހުރިހާ ޒިންމާއެއް ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، މަޓީން ބުނީ މި މަހުގެ ކުރީކޮޅު އެމްއެމްއޭއާއިއެކު ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ އާމްދަނީގެ 20 އިންސައްތަ މާރުކުރުމަށްކަމަށާއި، މަޓީގެ ހުށަހެޅުމަކީ އެ އަދަދު 10 އިންސައްތައަށް ވުރެ މަތިނުކުރުން ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކަށް ފަހު ކުއްލިއަކަށް 40 އިންސައްތައަށް އަދަދު ބޮޑުކުރުމުން އިންތިހާއަށް ކަންބޮޑުވާކަމަށް ބުންޏެވެ.

މަޓީން ބުނެފައި ވަނީ އެ ޖަމިއްޔާގެ މެންބަރުންނަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްވާ ފަރާތްތައް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލައަށް ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭއާއެކު ބިނާކުރަނިވި ގޮތެއްގައި މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: