ވައިގެ މަގުން ރާއްޖެ އެތެރެވި އެމެރިކާގެ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިއްޖެ އެވެ.
މި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން އެވެ.
ފުލުހުންގެ މައުލޫމާތު ދިން ގޮތުގައި، މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި މި މީހާގެ ލަގެޖް ޗެކްކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިންއެއް ވަނީ ފެނިފައެވެ
މިކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
ރާއްޖެއަށް މިފަދަ ތަކެތި އެތެރެކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

