ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާގެ ގޮތުގައި އަދީބު ދައުލަތަށް ދައްކަންޖެހޭ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުދެއްކި އޮތް އެއް މިލިއަން ރުފިޔާ ދައްކައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ސާބިތުވި ހަތް ދައުވާއަކާ ގުޅިގެން ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާ އެކު ދެ މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ކުރިން ދައްކާފައިވީ ނަމަވެސް، ބާކީ އޮތް އެއް މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން، އަދީބުގެ ފަރާތުން ފުރަތަމަ އެއް ލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކުމަށް ހުށަހެޅި ނަމަވެސް، ދައުލަތުން ބޭނުންވީ އެއްފަހަރާ ދެ ލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ ބައި ބަހާލައިގެން ދެއްކުމަށެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމައި ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަދީބު ވަނީ ދެ ފަހަރެއްގެ މަތިން އެ ފައިސާ އެއްކޮށް ދައްކާފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެއް ލައްކަ ރުފިޔާ އަދި މި ހިނގާ މަހުގެ 13 ވަނަ ދުވަހު ބާކީ އޮތް ނުވަ ލައްކަ ރުފިޔާ ދައްކައި ފުރިހަމަކޮށްފައިވާތީ، ޖޫރިމަނާގެ ހުކުމް ތަންފީޒުވެފައިވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދީބުގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމުގެ ބާކީ އޮތް ބައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު ވަނީ މައާފުކޮށްދީފަ އެވެ. އެ ނިންމެވުމާ ގުޅިގެން އޭނާ މިހާރު ހުންނެވީ ޖަލު ހުކުމުން މިނިވެ ރާއްޖެއިން ބޭރުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: