ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި މާލެއަށް މީހުން އަރުވައި، މުޒާހަރާކޮށް ވިޔަސް މި ސަރުކާރު ބަދަލުކުރަން ޖެހޭ: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ، މުޅި މާލެއަށް މީހުން އަރުވައިގެން ދިގުދެމިގެންދާ މުޒާހަރާއެއްކޮށް ނަމަވެސް މި ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތްކުރަން ޖެހިފައިވާކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަށްރަފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ޑޮލަރުގެ ތާށިކަން ނައްތާލައި، ޑޮލަރުގެ އަގު ތިރިކުރާނެކަމަށް ތަކުރާރުކޮށް ވައުދުވިއެވެ. ނަމަވެސް ވެރިކަމާ ހަވާލުވި އިރު 19 ރުފިޔާއަށް ހުރި ޑޮލަރުގެ އަގު، މިއަދު ބާޒާރުގައި 23 ރުފިޔާއަށް އުފުލިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސް، އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ސަރުކާރުގެ ނާގާބިލުކަމުން ދިމާވާ މިފަދަ ދަތިތަކުގެ ވާހަކަ ދެއްކުމާއި، ހިޔާލުފާޅުކުރުމުގެ ހައްގު އެކި ގޮތްގޮތުން ހަނިކުރަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގާއި ތަކެތީގެ އަގުބޮޑުވުމުގެ ވާހަކަ ދެއްކުން އެއީ ގާނޫނީ ކުށަކަށް ހަދައި، މީޑިއާތަކަށާއި އާންމު ރައްޔިތުންނަށް ބިރުދައްކަމުންދާކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ގައުމުތަކާ އޮންނަންޖެހޭ ޑިޕްލޮމެޓިކް ރީތި އުސޫލުތައް ސަރުކާރަށް ނޭނގުމުގެ ސަބަބުން ގުޅުންތައް ބޮޑުތަނުން ހީނަރުވެފައިވާ ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ބޭފުޅުން ސަރުކާރުގައި ނެތުމުން، ސަރުކާރަށް މަޖުބޫރުވީ ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ހިފަހައްޓައިގެން ދަރަނި ދެއްކޭތޯ ބެލުމަށްކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ޝިފާޒް ވިދާޅުވީ، ރިސޯޓުތަކާ ގުޅިފައިވާ ކޮންސްޓްރަކްޝަން، ލޯންޑްރީ، ފަންނާނުން އަދި އެހެނިހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މީގެ ކުރިން ޑޮލަރު ލިބި، މާކެޓުގައި ޑޮލަރު ދައުރުވަމުން ދިޔަ ކަމަށެވެ. ނަމަވެސް ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މަރުކަޒީ ބޭންކު އެމްއެމްއޭއަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން، ރިސޯޓުތަކުން އަމިއްލަ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދިނުން ހުއްޓާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްއެމްއޭއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ އެހެން އެއްވެސް ބޭންކަކަށް ޑޮލަރު ދޫނުކުރާތީ، މުޅި މާކެޓުގައި ބޮޑު ބްލެކް މާކެޓެއް އުފެދިގެން ދިޔައީކަމަށް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މި ހާލަތުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީއަށް އެކީގައި އެބަ މަސައްކަތްކުރަން ޖެހޭ. މިހާރު މުޅި މާލެއަށް މީހުން އަރުވައިގެން ވިޔަސް ހެޔޮ މިކަން ކުރަން އެބަޖެހޭ.. ދިގުދެމިގެންދާ މުޒާހަރާއެއްކޮށްގެން ނަމަވެސް ޑޮކްޓަރ މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ވެސް މިހާރު އެބަ މަސައްކަތް ކުރަންޖެހޭ. މި ހާލަތު މި އަންނަނީ ހަމަ ރީޗަށް ބަލަބަލާ ހުއްޓާ ހަމަ އެއްކޮށް އަޅުގަނޑުމެން ހަމަ މޫނު އަތަށް ވެއްޓެން މި ދަނީ…

ސަރުކާރު ކުންފުނިތަކުން ބޮޑު އަގުގައި ނުރަސްމީ މާކެޓުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ޕޮޑްކާސްޓްތަކުގައި ވިދާޅުވެފައިވާކަމަށް އިޝާރާތް ކުރައްވައި ޝިފާޒް ވިދާޅުވީ، ބޮޑު ބްލެކް މާކެޓެއް އުފެއްދެވީ ހުދު ރައީސް މުއިއްޒު ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނާއި އެމްއެސްސީއެލް ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖާއި މުސާރައިގެ ގޮތުގައި ޑޮލަރުން ލިބޭ އާމްދަނީއަށް މި ސިޔާސަތުތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ްއާންމު ރައްޔިތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށާއި ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވީ، ދަތުރުވެރިންނަށް ދޫކުރާ 500 ޑޮލަރަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އަދި ބޭސްފަރުވާއަށް 1،000 ޑޮލަރު ދޫކުރާކަމަށް ބުނި ނަމަވެސް، އެކަން ހަމަޖައްސާފައިވަނީ އެއްވެސް ހަމައެއްނެތި ރައްޔިތުންނަށް އުނދަގޫވާ ގޮތަށްކަމަށް ވިދާޅުވިއެވެ.

މި ހުރިހާ މައްސަލަތަކަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށާއި، މިހާރު ޑޮލަރުގެ މުއާމަލާތްތަކަކީ މަނީ ލޯންޑްރިންގެ އަމަލުތަކެއްގެ ގޮތުގައި ސިފަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވަނީ ގައުމު ވެއްޓެމުންދާ މި ނުރައްކާތެރި ފުންވަޅުގަނޑުން އަރައިގަތުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތައް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ވެސް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ ހައްގުގައި މުޅި މާލެއަށް މީހުން އަރުވައިގެން، ވަރުގަދަ އިހުތިޖާޖުތަކެއްކޮށްގެން ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ވަގުތު ޖެހިއްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: