މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޝާހިދުގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މަޤާމުން އިސްތިއުފާ ދެއްވާ އޭނާވަނީ ޕާޓީގެ ޗެއާރޕާރސަން އަދި ކުރީގެ ރައީސް ނަޝީދަށް ސިތީއެއް ފޮނުއްވާފައެވެ. އެގޮތުން ރައީސް، ނައިބް ރައީސް އާއި ޗެއާރޕާރސަން އަދި ޑެޕިއުޓީ ޗެއާރޕާސަންއަކީ ޕާޓީގެ އެކިއެކި މަޤާމުތަކަށް ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންގެ ހައްޤުތައް ހަމަހަމަ ކަމާއިއެކު ހިމާޔަތްކުރަން ތިބޭބައްކަމަށާއި އަދި އެފަދަ މަޤާމެއްގައި ހުރެގެން އޭނާ ވަކި މީހަކަށް ތާއީދުކުރުމަކީ ޤަބޫލު ނުކުރާކަމަށްވުމާއިއެކު ނަޤާމުން އިސްތިއުފާދޭން ނިންމީކަމަށްވަނީ ބުނެފައެވެ.
އަހުމަދު އަބްދުﷲ އަކީ ޝާހިދުގެ އަރިސް ބޭފުޅަކަށްވާއިރު، ޝާހިދު ކުރިއަށްގެންދަވާ ކެމްޕޭނު ހަރަކާތްތަކުގެ އިސް ސަފުގައިވެސް އޭނާ އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

