ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުތަކަށް ޑޮލަރު މާރުކުރުމަކީ އިތުރު ޑޮލަރެއް އުފެއްދޭނެކަމެއް ނޫން: ރައީސް ނަޝީދު

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރާ ނިސްބަތް 20 ޕަސެންޓުން 40 ޕަސެންޓަށް ބޮޑުކުރުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ރިސޯޓުތަކުން އެމްއެމްއޭއަށް މާރުކުރަންޖެހޭ ނިސްބަތް 40 ޕަސެންޓަށް ބޮޑުކޮށް، ފަހުން އެ އަދަދު 100 ޕަސެންޓަށް އިތުރުކުރުމުގެ ވިސްނުމާއެކު، ކޮންމެ މަހަކު ފައިސާ ޖަމާކުރަންޖެހޭ ގޮތަށް ސަރުކާރުން ގެންނަން އުޅޭ ބަދަލާމެދު އެ ޕާޓީން ކަންބޮޑުވާކަމަށެވެ.

މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓުތަކުން ލިބޭ ޑޮލަރުގެ 40 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން މަޖުބޫރުކުރުމަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް ކަމަށެވެ. އަދި ގިނަ ރިސޯޓުތަކަކީ ބޭރުގެ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކަކަށް ވެފައި، އެތަންތަނުން ބޮޑެތި އަދަދުތަކުން ޑޮލަރުން ދަރަނި އަދާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައީ ވާދަވެރި ފައިދާއެއް ލިބޭތީ ކަމަށާއި، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވިކަމަށް ބުރޫއަރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޔާނުގައި ވަނީ، ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ފިސްކަލް އަދި މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ސަރުކާރުގެ ބޭކާރު ހަރަދުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ބުރަ ޖައްސަމުންދަނީ ޑޮލަރު އުފައްދާ ސިނާއަތްތަކުގެ ބޮލުގައި ކަމަށެވެ. އަދި އެމްއެމްއޭއާއި ބޭންކުތަކަށް ޑޮލަރު މާރުކުރުމަކީ އިތުރު ޑޮލަރެއް އުފެއްދޭނެ ކަމެއް ނޫންކަމަށާއި، ސަރުކާރުން އެ ޑޮލަރު ނަގައިގެން ހަރަދުކުރުމުގެ ބަދަލުގައި، ރަސްމީ ރޭޓުގައި އާންމުންނަށާއި ވިޔަފާރިތަކަށް ޑޮލަރު ނުލިބޭނަމަ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށާއި، އެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ދިރިއުޅުން މިފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިގެންދާނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެހެންކަމުން، ސިނާއަތުގެ ހިއްސާދާރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި އަޅާ މިފަދަ ފިޔަވަޅުތައް ހުއްޓާލައި، އިގްތިސާދީ މައްސަލަތަކުގެ އަސްލަށް ހައްލު ހޯދުމަށް ފުރިހަމަ ދުރުރާސްތާ ސިޔާސަތެއް އެކުލަވާލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި މިފަދަ ފިޔަވަޅުތަކަށް އެ ޕާޓީން ތާއީދު ނުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: