ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1.43 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1.43 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، މިއަހަރު 1.43 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި މި މަހުގެ ތެރޭގައި އައި 172,487 ފަތުރުވެރިން ހިމެނޭއިރު، އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 26 ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި އަދަދަށްވުރެ 2.2 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު އެ ގައުމުން 262,120 މީހުން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން ކަމަށްވާއިރު އެ ގައުމުން 205,187 މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އިނގިރޭސިވިލާތުން ވެސް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީން 91,798 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.03 މިލިއަން މީހުން ގޮސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު، 310,476 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.

އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: