ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ އިންޒާރެއް: ”ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި، ރައްޔިތުންނަށް ހައްގު މިންވަރު ލިބެންޖެހޭ“

ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށާއި، އެހެންކަމުން އެ ހުރިހާ ރިސޯޓަކީވެސް ދައުލަތުގެ އެއްޗެހި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލުތައް ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ގާނޫނުތަކަށް އިސްލާހުތައް ގެންނަނީ އެކަން ކުރަން އެނގިގެން އެކަން ކުރަންވާ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ހައްގު ގާއިމް ކުރުމުގައި ވަރަށް ދެމިހުންނާނެ ކަމަށާއި އަދުލުއިންސާފު ގާއިމްކުރުމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމުގައި ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެނަށް ދަތި ހާލަތުގައި އުޅެންޖެހެނީ ކީއްވެގެންތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

”އަޅުގަނޑު މިކަމާއި އުޅެން ފެށީމަ ބައެއް ބޭފުޅުން ދެންނެވީ ރާއްޖޭގެ ބަޖެޓު ކުޑަ ކުރާށޭ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހުއްޓާލާށޭ. އަޅުގަނޑު އަތުގައި މެސެޖު އެބަހުރި،“ ރައީސް މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ޓަކައި ބޮޑެތި ބަޖެޓުތައް ހަދާނަމަ ޑޮލަރުގެ ރޭޓު މަތިވާނެ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާނެ ކަމަށް އެމަނިކުފާނު ގާތުގައި ބުނެފައި ހުރިކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތައް ހުއްޓާލަންވީތޯ ނުވަތަ ރިސޯޓުތައް ހަދައިގެން ރައްޔިތުންނަށް ދޭންޖެހޭ ހައްގު މިންވަރު ދޭންވީތޯ މިއީ އުފެދޭ ސުވާލެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިސޯޓުތައް ހިނގަނީ ރާއްޖޭގައި ކަމަށާއި، އެހެންކަމުން އެ ހުރިހާ ރިސޯޓަކީވެސް ދައުލަތުގެ އެއްޗެހި ކަމަށެވެ. މި ސަރުކާރުން ކަންކަން ކުރަނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.

40 އިންސައްތަ ބޭރު ފައިސާ މާރުކުރަން ޖެހުމަކީ ރިސޯޓުތަކަށް އެއްވެސް ދައްޗެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށާއި ރިސޯޓު މުވައްޒަފުންގެ މުސާރަ ވެސް ޑޮލަރުން ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި މުވައްޒަފުންގެ މުސާރަތައް ދިނުމަށާއި އެހެން އެއްވެސް އޮޕަރޭޝަނަލް ކަމަކަށް އެ ބަދަލުގެ ސަބަބުން ދައްޗެއް ކުރިމަތިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރިސޯޓުތަކުން މާރުކުރަން ޖެހޭ ޑޮލަރުން އިތުރުވެގެންދާ އިންސައިގެ ސަބަބުން އެމްއެމްއޭއަށް އިތުރު ބޭރު ފައިސާ ލިބިގެންދާނެ ކަމަށާއި އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންގެ އަސާސީ ކަންކަމަށް ކަމަށެވެ.

އެ ބަދަލު ގާނޫނަށް ގެނައީ ހަމަ ތިބެފައި ނޫން ކަމަށާއި އެކަމަކީ ފަންނީ، ގާބިލު މީހުން ހިސާބުކިތާބު ބަލާފައި ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލުގެ ސަބަބުން ފައިދާވާނީ އާންމު ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: