ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނެތި ބޭރު ފައިސާ ވިއްކާ ކަމަށް ބުނެ ފްރީޒްކުރީ ފުރަވެރި ރިސޯޓު ހިންގާ ކުންފުނީގެ އެކައުންޓުތައް!

ފުރަވަރި ރިސޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ ފުލުހުން ރެއިޑުކޮށްފައިވަނީ ފުރަވެރި ރިސޯޓު ހިންގާ ކުންފުނީގެ އޮފީހަށް ކަން އެނގިއްޖެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން އެނގޭ ގޮތުގައި ނައިޑް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްއަކީ ރ. އަތޮޅުގައި ހިންގަމުން އަންނަ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ފުރަވެރި ރިސޯޓު އެންޑް ސްޕާ ހިންގާ ކުންފުންޏެވެ.

މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީހަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ވަދެފައިވާއިރު، ފުލުހުން ބުނެފައިވަނީ އެ އޮފީސް ބަލައިފާސްކުރަނީ އެކައުންޓުތައް ފްރީޒްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް ޓަކައި ކަމަށެވެ.

މިއީ ހުއްދަ ނެތި ބޭރު ފައިސާގެ މުއާމަލާތް ކުރުމުގެ މައްސަލައެއްގައި ރިސޯޓެއްގެ އޮފީހަކަށް ފުލުހުން ރެއިޑުކުރި ފުރަތަމަ ފަހަރެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ކަޅު ބާޒާރަށް މިލިއަނުން ޑޮލަރު ވަދެ ދައުރުވަނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ބަދަލުގައި ކަޅު ބާޒާރުގެ ރޭޓުތަކުގައި ޑޮލަރު މާރުކުރާތީއެވެ.

އެކަން ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށްފައިވާއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިއަަދުއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: