މި ސަރުކާރުން ރާއްޖޭގެ މުޅި އިގްތިސާދު ފުނޑާލައި، ގައުމު އިގްތިސާދީ ގޮތުން 15 – 20 އަހަރު ފަހަތަށް ޖައްސާލާފައިވާކަމަށާއި، ޓީޓީއާ ގުޅޭގޮތުން ސަރުކާރުން ހަދަނީ ރޯބުހުތާނު ދޮގުކަމަށް އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތަކެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށާއި، ރައީސް އިސްތިއުފާ ދެއްވަންދެން އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ރޭ ބޭއްވި ބައްދަލުވުމަށް މި ގަރާރު ހުށަހަޅާފައިވާނީ، ސަރުކާރުން ޑޮލަރުގެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. އަދި ޑޮލަރުގެ މައްސަލައިގައި ސަރުކާރުން ބޭރުފައިސާއާއި ބޭހޭ ގާނޫނަށް އިސްލާހު ގެނެސް ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުމަށް ލާޒިމް ކުރުމާއި ގުޅިގެންނެވެ. އެ އިސްލާހާއި ދެކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކާއި، ކުންފުނިތައް އަޑުއުފުލައި ބުނެފައި ވަނީ މިއީ ރިސޯޓުތަކަށް އުފުލޭނެ ބުރައެއް ނޫންކަމަށެވެ.
މި އިސްލާހުގެ ސަބަބުން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މުސާރަ ދިވެހި ފައިސާއިން ދޭން ފަށާފާނެކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ފައްޔާޒް ވިދާޅުވީ، މިއީ ހަމައެކަނި ރިސޯޓު އިންޑަސްޓްރީއާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، މުޅި އިޤްތިޞާދު ފުނޑާލައި އެކި ސިނާޢަތްތައް ހަލާކުކޮށް ރައްޔިތުން ސަރުކާރުގެ ފައިބުޑަށް ވައްޓާލަން އުޅޭ ކަމަށެވެ. އަދި ޤަވާޢިދުތައް ބަދަލުކޮށް، ވިޔަފާރިތަކަށް އުނދަގޫކޮށް، ވިޔަފާރިވެރިންނަކީ ޤައުމުގެ ހަލާކުކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައަށް ފައްޔާޒް ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން 21 ރުފިޔާއަށް ހުރި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް 50 ޕަސެންޓް ޓީޓީ ދޭކަމަށް ރައީސް މުއިއްޒު ދައްކަވަނީ ”ރޯބުހުތާނު ދޮގު“ ކަމަށާއި، 10 އިންސައްތަ ވެސް ނުލިބޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އަމިއްލައަށް 100 ޕަސެންޓް ޑޮލަރު ދެއްކުމުން ވެސް ޓީޓީ ފޮނުވަން 3 ހަފްތާ ނަގާކަމަށާއި، ކާޑުތަކުން ލިމިޓް ދޫކޮށްފައިވާކަމަށް ބުނި ނަމަވެސް ބޭރު ގައުމުތަކުގައި ކާޑުތައް ބޭނުންނުކުރެވިގެން ރައްޔިތުން ލަދުގަންނަން ޖެހިފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ސިފަކުރެއްވި ގޮތުގައި މިއީ ގަސްދުގައި ތިމާވެށި ހަލާކުކުރުމުން ”އީކޯސައިޑް“ އޭ ކިޔާ ފަދައިން، އިގްތިސާދު ގަސްތުގައި ހަލާކުކުރުމަށް ހިންގާ ”އިކޮނޮސައިޑް“ އެކެވެ. އަދި ގައުމުގެ އިގްތިސާދު ހިފަހައްޓާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އަނދަވަޅަކަށް ވެއްޓި، އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބެމުންދާކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުން ކުންފިތަކުގެ ވަޒީފާއިން ވަކިކުރި މީހުން މިހާރު ޕާޓީގެ ހަރަކާތްތަކާ ގުޅެންޖެހޭ ކަމަށެވެ. އަދި މި އިހުތިޖާޖުތަކަކީ ހަމައެކަނި މާލޭގެ މަގުމައްޗަށް ނިކުމެގެން ނިންމާލެވެން އޮތްކަމެއް ނޫންކަމަށާއި، މުޅި ރާއްޖެއަށް ދަތުރުކޮށް ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އަލުން ހޯދަން މަސައްކަތް ކުރަންޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ކުރިން މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށާއި، ޕްރައިވެޓް ސެކްޓަރަށް ލިބެމުން ދިޔަ ޑޮލަރު ދެން ނުލިބޭނެ ކަމަށެވެ. އަދި ސަރުކާރުން ގަދަކަމުން ނަގާ ޑޮލަރު ދެނީ ބޭނުންވާ ވަކި ވިޔަފާރިތަކަށްކަމަށާއި، އެމްއެމްއޭ މެދުވެރިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ އައުި
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ކުރިން މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށާއި ޕްރައިވެޓް ސެކްޓަރަށް ލިބެމުންދިޔަ ޑޮލަރު ދެން މުވައްޒަފުންނަށް ނުލިބޭނެ ކަމަށެވެ. އަދި ސަރުކާރުން މިގޮތަށް ގަދަކަމުން ނަގާ ޑޮލަރު ދެނީ އެމީހުން ބޭނުންވާ ވަކި ވިޔަފާރިތަކަކަށް ކަމަށާއި، އެމްއެމްއޭ މެދުވެރިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ އައިޑީ ކާޑު ލިސްޓުތަކަށް 1000 ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.

