ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮޅުހިޔާއަށް“ ފަހު ބުޅާ ގެންގުޅެން ހާއްސަ ރަށެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ހުޅުވި އޮޅުހިޔާއަށް ފަހު ”ކެޓް އައިލެންޑެއް“ ގައިމްކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބޭއްވި ޕްރެސްގައެވެ. ޝިޔާމް ވިދާޅުވީ ބުޅާ ގެންގުޅުމަށް ރަށެއް ތަރައްގީކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށްވާތީ އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު ހޯދި ކަމަށެވެ. އެގޮތުން އެ ރަށް ތަރައްގީކުރުމަށް ބޭރުގެ ބަޔަކު ހިމެނޭހެން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކަމަށެވެ. އަދި ބޭރުގެ ބަޔަކު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ކަމަށާއި ބުޅާ ނުވަތަ ޕެޓް ކޮމިއުނިޓީއަށް މި ހަބަރަކީ ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ކާމިޔާބު މަޝްރޫއުއަކަށްވެސް ވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

”ކޭޖްކޮށްފައި ޕެޓް ބެހެއްޓުމަށްވުރެއް އަޅުގަނޑުމެން އެންމެންވެސް ލޯބިކުރަން ކެޓްއަށް. ދުނިޔޭގައި އެބައޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ“

ޝިޔާމް ވިދާޅުވީ ރާއްޖޭ ފަދަ ގައުމެއްގައި އެފަދަ ރަށެއް، ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

މާލެ ސަރަޙައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ”އޮޅުހިޔާ“ ގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި ވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު، އެ ތަން ފުޅާ ކުރުމުން 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލޭގައި ބުޅަލުގެ ނަޖިހާއި ހެދި އާއްމުންނަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެއެވެ. އަދި ހާއްސަކޮށް ބުޅާތަކަށްވެސް އެކި ވަރުގެ އަނިޔާތައް ލިބެމުން އަންނަ ކަން ފާޙަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: