ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިރިމަރަދޫ ރައްޔިތުންގެ ހައްގުތައް ގެއްލޭކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލަ އެޗްއާރްސީއެމުން ބަލަނީ!

ރައީސް މުއިއްޒު ހިރިމަރަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ބައްދަލުކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހިރިމަރަދޫ ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް ނުލިބޭކަމަށް ބުނެ އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅި މައްސަލަ ބަލަމުންދާކަމަށް ބުނެފި އެވެ.

މިދިޔަ މަހު އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހެޅި މި މައްސަލައިގައި ވަނީ، ލާމަރުކަޒީ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކަކުން އެ ރަށުގެ ރައްޔިތުން މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި ހިރިމަރަދޫގެ އިދާރީ ކަންކަން ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާކަން ހުށަހެޅި މައްސަލައިގައި ފާހަގަކުރި އެވެ.

އެޗްއާރްސީއެމުން އެމްޑީޕީއަށް މައްސަލައިގައި ފޮނުވި ޖަވާބުގައި ބުނީ އެ މައްސަލަ ބަލަމުންދާކަމަށެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ހަނިމާދޫއަކީ އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން، 293 މީހުންނާއި އެކު އެންމެ އާބާދީ ކުޑަ ރަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެ އަދަދު އަނެއްކާވެސް ވަރަށް ބޮޑުތަނުން ދަށްވެގެން ދިޔަ އެވެ.

ހިރިމަރަދޫ ރައްޔިތުން، ހދ. ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ވަނީ އެދެވޭ ގޮތެއްގައި ކުރިއަށް ނުގޮސް އޮތީ ހުއްޓިފައެވެ.

މި މަޝްރޫއު ލަސްވާތީ ހައުސިން، ކޮންސްޓްރަކްޝަނ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެކުރިން މަޖިލީހުގައި ވިދާޅުވެފައި ވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ހާއްސަ ފްލެޓްތައް އެޅުމުގައި ހަނިމާދޫ ކައުންސިލްގެ އެއްބާރުލުން ނުލިބި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ހަނިމާދޫގެ އާންމު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މި މަޝްރޫއު ވަކިން ކުރިއަށް ގެންދަން ޖެހޭކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: