ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތަކަށް ޖިދުމަތްތަކެއް ކުރައްވާފައިވާ މ. އެކޯ، ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޝަރީފް އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ބޮޑު ހިތާމައާއެކު ކަމަށެވެ. އަދި ޝަރީފަކީ ވަޒީފާގެ މައިދާނުގައި ނަމޫނާ އަހުލާގެއް ދެއްކެވި، އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރެއްވި ހިންގުންތެރި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ހިދުމަތުގައި 41 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝަރީފަކީ، 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ތެރެއިން 34 އަހަރު ހިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

