ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރު ތޯރިގް ޔޫއޭއީގެ ރައީސަށް ފަތްކޮޅު އަރުވައިފި

ފޮޓޯ: ޚާރިޖީ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތޯރިގް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އަރުއްވައިފިއެވެ.

ޤަޞްރުލް ވަޠަންގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ޔޫ.އޭ.އީގެ ރައީސް ވަނީ ސަފީރު ތޯރިގް އިބްރާހީމަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ފެއްޓެވުމާ ގުޅިގެން ތަހުނިޔާ ދަންނަވައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ތޯރިގް އިބްރާހީމުގެ ފަތްކޮޅު ޔޫއެއީގެ ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ވަނީ ސަފީރުގެ ދައުރު ފެށުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރުކަމުގެ ދައުރުގައި ކާމީޔާބީއަށް އެދިވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ތޯރިފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހިރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ރައީސާއި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. ސަފީރު ތޯރިގްގެ ވަނީ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ އަޚުވަންތަ ގާތްގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 15 މާރިޗު 1978 ވަނަ އަހަރުއެވެ. ސަފީރު ތޯރިގަކީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅި 7 ވަނަ ސަފީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: