ކުންފުނީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައި، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.
އެ ކުންފުނިތައް އުވާލާފައިވަނީ ކުންފުނީގެ ޤާނޫނުގެ 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ މިނިސްޓްރީގެ ރަސްމީ ވެބްސައިޓް (https://trade.gov.mv/28145) ގައި ޝާއިޢުކުރައްވާފައެވެ.
މީގެ އިތުރުން، މި ނިންމުމާ ގުޅިގެން ނުވަތަ އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ އީމެއިލް business@1500help.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ އެދިފައެވެ.
މިއީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

