ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް، މިދިޔަ ހަފްތާފައި 12 މީހަކު ޕޮޒިޓިވްވި!

ހިމަބިއްސަށް ވެކްސިން ދިނުން/ ފޮޓޯ: އެޗްޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 264 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މީސަލްސްއަށް ޕޮޒިޓިވްވެފައި ވަނީ 12 މީހުންނެވެ. އަދި ނިމިދިޔަ މަހުވެސް ރިޕޯޓުކޮށްފައި ވަނީ ޖުމްލަ 12 ކޭސްކަމަށް އެ އެޗްޕީއޭއިން ބުނެއެވެ.

މި އަހަރުގެ މެއި މަހު ރާއްޖޭގައި ހިމަބިހި ފެތުރެން ފެށި ދުވަސްވަރާ އަޅާބަލާއިރު، މިހާރު ހަފުތާއަކު ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ދަށްކުރެވިފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 އަށް ވުރެ ގިނަ މީހުން ވަނީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިން ފުރިހަމަކޮށްފައެވެ.

ހިމަބިއްސަކީ ”މީސްލްސް ވައިރަސް“ ގެ ސަބަބުން ޖެހޭ، ގައިންގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔަކަށް ވާތީ، ވެކްސިންގެ ދެ ޑޯޒް ހަމަކުރެވުނުކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ މަރުކަޒުތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުންނާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅޭ ވަކި ގަޑިތަކެއްގައި މި ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ހުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: