ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު އެނބުރި ޤައުމަށް ފުރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު އެނބުރި ޤައުމަށް ފުރައިފިއެވެ. 

މި މީހުން އެނބުރި ތައިލެންޑަށް ފުރާފައިވަނީ، މިއަދު ހެނދުނު 08:15 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، ފުރާފައިވާ މޯލްޑިވިއަންގެ ފްލައިޓް  Q2 9350 އިންނެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ސުވަންނަބޫމި އެއަރޕޯޓުގައި މި ފްލައިޓް ޖައްސާނީ، މިއަދު މެންދުރުފަހު 13:15 ގައިކަމަށް މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްގައިވެއެވެ.

މި ކަމާއި ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ހާމަކުރިގޮތުގައި، މިއަދު ފުރާފައިވާ ފްލައިޓަކީ، ރާއްޖޭގައި މި ވަގުތު ތިބި ތައިލެންޑު ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށްދާން ބޭނުންވާ މީހުންނަށް އިނތިޒާމުކުރި ދެވަނަ ރެޕަޓްރިއޭޝަން ފްލައިޓްކަމަށެވެ.

މީގެ އިތުރުން، ތައިލެންޑް ކޮންސިއުލޭޓުން ބުނީ، މިއަދު ފުރި ފްލައިޓަކީ، އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީއާއި ގުޅިގެން އިންތިޒާމުކުރި ފްލައިޓެއްކަމަށެވެ.

ތައިލެންޑްގެ 131 މީހަކު މިއަދު އެނބުރި ޤައުމަށް ފުރާފައިވާއިރު، ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީން އެ މީހުންގެ ޤައުމަށްދިއުމަށްޓަކައި 

ޓަރކިޝް އެއަރލައިންސްގެ ފްލައިޓެއް މާދަމާ ފުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: