ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ގާނޫނަކުން ދައުރު ދިގު ދަންމައެއް ނުލެވޭނެ: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް އާއްމު ގާނޫނަކުން ކައުންސިލްތަކުގެ  ދައުރު ދިގު ދަންމައެއް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް، ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ ކައުންސިލުތަކުގެ ދައުރާމެދު މިގޮތަށް އަމަލުކުރުމަކީ ރިޔާސީ އިންތިހާބާ އެހެންވެސް އާންމު އިންތިޚާބުތަކާއި މެދުގައި ވެސް މިގޮތަށް އަމަލުކުރުމަށް ހުޅުވައިލެވޭ ދޮރަކަށް ވާނެ ކަމަށެވެ.

މިހާރު އޮތް ހާލަތާއި ގުޅުވައި މިކަން ކޮށްފިނަމަ މުސްތަގުބަލުގައި ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު އާއްމު ގާނޫނަކުން އިތުރުކުރުމުގެ ކަންތައް ނުކުރާނެ ކަމުގެ ޔަގީން ކަމާއިމެދު އުޝާމްވަނީ ސުވާލު އުފައްދަވާފައެވެ.

އުޝާމް ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ދައުރަށް ވުރެ އިތުރަށް މަގާމުގައި ހުންނެވުމުން އެކަމާ އިދިކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު ޖަސްޓިފިކޭޝަނެއްގެ ގޮތުގައި އެވާހަކަ ދައްކަވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުދެންމާލެވޭ ގޮތަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު އެއް އަހަރު ދުވަހަށް އިތުރު ކުރެވޭ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ފާސްކުރާ ގަރާރަށް ވެސް މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް މުއްދަތެއް މިގޮތަށް ސިމްޕަލް މެޖޯރިޓީއަކުން އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރަން ވާވަރުގެ ކަމެއް ވެސް ނޫން” އުޝާމް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: