ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖަށް އުރުނު އުޅަނދުގައި ތިބި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފި: އެޗްއާރްސީއެމް

ސިނަމާލެ ބްރިޖުގެ ތަނބަކަށް ބޮޑު ތެޔޮ ބޯޓެއް އުރިއްޖެ -- ފޮޓޯ: އެމްވީ ކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ބުރިޖަށް އުރުނު އުޅަނދުގައި ތިބި ފަޅުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި، އެ އުޅަނދުގައި ބޯފެނާއި ކާބޯތަކެތީގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި ހުސްވެފައިވާ ކަމުގެ ޝަކުވާ ފަޅުވެރިންގެ ފަރާތުން އެ ކޮމިޝަނަށް ލިބިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.

މި ޝަކުވާ ކޮމިޝަނަށް ލިބުމާ ގުޅިގެން، އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ސިއްހީ ހާލަތާއި ކެއިންބުއިމުގެ ކަންކަން ހުރި ގޮތް ވަރަށް ގާތުން ބަލައި ދެނެގަނެފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެއިތުރުން، ފަޅުވެރިންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެ އުޅަނދުގެ އެޖެންޓާ ގުޅިގެން ކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: