ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް އެނބުރެމުން އައީ މަޑުމަޑުން، އެކި މަރުޙަލާތަކަކަށް ބެހިގެން ކަމަށާއި އަދި މިއަދު ޤައުމީ ފެންވަރުގައި މި ފާހަގަކުރެވޭ މުހިންމު ދުވަހަކީ، ރާއްޖޭގެ އޭރުގެ ތަހުތުގައި އިންނެވި ރަދުން އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، ދީނަށް އެނބުރިވަޑައިގަތް ތާރީޚީ މުނާސަބަތު ކަމުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނަސަބަތާއި ގުޅުވާ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

