ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުން ނަގަނީ ރައްޔިތުންނަށް ޖެއްސުންކުރަން: އާޒިމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރ އާދަމް އާޒިމް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުގެ އަތުން ނަގައި، އެ މަސައްކަތަށް ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދީ ރައްޔިތުންނަށް ޖެއްސުންކުރުމުގެ ބޭނުމުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އެ ކުންފުނި އުފައްދާފައިވަނީ ދިވެހިންނާ ހަވާލުކޮށްގެން މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމުގެ ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅަށް ނިންމާފައި ވަނިކޮށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މީގެ ކުރިން އައުޓްސޯސްކޮށްގެން ހިންގަމުންދިޔަ ކޮންޓްރެކްޓްތައް ބާތިލުކުރުމަށްފަހު، ސިޓީ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން މިސްކިތްތައް ވަރަށް ރީތިކޮށް ބަލަހައްޓަމުން އަންނަ ކަމަށެވެ.

ރައީސް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައި ބުނީ، ”މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް“ ގެ ނަމުގައި އެ ކުންފުނި ވުޖޫދަށް ގެނެސްފައި ވަނީ ދީނީ އެކިއެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށާއި، އިސްލާމީ ބިނާތައް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ހިންގުން ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އެޅުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ އިތުރުން، ނަމާދުކުރާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ފެތޭ ގޮތަށް ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގައިގެން، ދީނީ ކަންކަމަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަކީ ވެސް ކުންފުނި އުފެއްދުމުގެ މުހިންމު ބޭނުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: