ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ދާއިރާއިން ޓެކްނިކަލް ތަމްރީނު ހޯދުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަސް މީހުންގެ ޓީމެއް ޗައިނާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މި ހިނގާ މަހުގެ 15 އިން 26 ގެ ނިޔަލަށް ޗައިނާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ ޕްރޮގްރާމެކެވެ. މި ދަތުރަށް ފުރުމުގެ ކުރިން، ތަމްރީނުގައި ބައިވެރިވާ ޓީމާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ބައްދަލުކުރައްވާފައެވެ.
ސިނަމާލެ ބްރިޖުގެ އެސެސްމަންޓާއި މެއިންޓެނަންސްގެ މަސައްކަތްތަކުގައި މިހާރުވެސް އެހީތެރިވަމުން އަންނަނީ އެ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނިންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ދެ ބޯޓު ޖެހި ހިނގި ހާދިސާގައި ބްރިޖުގެ ބޭރުފުށަށް ކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް، ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން މިހާރު ވަނީ ކަށަވަރުކޮށްފައެވެ.

