ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މަތީގައި ސައިކަލަކާއި ކާރެއް ޖެހި، މީހަކަށް އަނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖު މަތީގައި ރޭ ކާރަކާއި ސައިކަލެއް ޖެހި، ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސިނަމާލެ ބުރިޖުގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަައި ކާރަކާއި ސައިކަލެއް ޖެހިފައިވާ ކަމަށް ރޭ 19:01 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި، އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަަށް އައިސް ސިނަމާލެ ބުރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ވެސް ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިމެނެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: