ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް އޮފީހުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމައި، އެކަން އޭނާއަށް އަންގާފައި ވަނިކޮށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނުއިރު ވެސް ނާޒިމް ހުންނެވީ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. އެއަށްފަހު، ކެބިނެޓަށް ގެނައި ބަދަލާއެކު ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު، މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ވަޒީރު ފެންވަރުގައި ރައީސް އޮފީހުގެ ސެކްރެޓަރީގެ މަގާމަށް ދެވަނަ ފަހަރަށް ނާޒިމް އައްޔަންކުރެއްވީ ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: