ރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 839 ފަރާތަކަށް ޖުމްލަ 1.08 ބިލިޔަން ރުފިޔާ ދޫކުރުމަށް ބޭންކުން އެޕްރޫވްކޮށްފިއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަށުން ޖުމްލަ 891 މީހުންނަށް މާލީ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ހިޔާވެހި ސްކީމްގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ:
ފަހިމާލެ ސްކީމް: 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް.
ސަހަރު ސްކީމް: 3 މިލިއަން ރުފިޔާ.
ރަށްވެހި ސްކީމް: 1 މިލިއަން ރުފިޔާ.
މި ސްކީމްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރަށްވެހި ސްކީމަށް 1,329 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އަދި ސަހަރު ސްކީމަށް 586 އެޕްލިކޭޝަން ލިބިފައިވާއިރު، ފަހިމާލެ ސްކީމަށް 341 އެޕްލިކޭޝަން ވަނީ ލިބިފައެވެ.
ހިޔާވެހި ޕްރޮގްރާމަށް އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދޭއިރު، އަނެއް 1 ބިލިއަން ރުފިޔާ ހަމަޖައްސައިދެނީ ބޭންކުންނެވެ.
މި ސްކީމަކީ އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ދޫކުރާ ފައިނޭންސިންގެކެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.

