ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރިހަމައަށް ތަބާވެގެން އުޅޭތަން ފެނުމުން ފޮށިނުލާ ނުތިބެވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް މީހަކު ފުރިހަމައަށް ތަބާވެގެން އުޅޭތަން ފެނިއްޖެނަމަ ފޮށިނުލާ ނުތިބެވޭނެކަން ކަށަވަރުކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު ބުނުއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޢަލީ ރަމީޒު ކުރެއްވި ޓްވީޓުގައި ބުނުއްވީ، މާތްﷲ ގެ ދީނަށް މީހަކު ފުރިހަމައަށް ތަބާވެގެން އުޅޭތަން ފެނުމަކީ، އެއްވެސް ޒަމާނެއްގައި މުނާފިޤުންނަށް ކެތްކުރެވޭނެ ކަމެއްނޫންކަމަށާއި، ދީނަށް މީހަކު ފުރިހަމައަށް ތަބާވެގެން އުޅޭތަން ފެނިއްޖެނަމަ ފޮށިނުލާ ނުތިބެވޭނެކަން ކަށަވަރުކަމަށެވެ.

https://twitter.com/aliramyz/status/1258285188162838529?s=19

 މީގެ އިތުރުން، މި ކަމާއި ގުޅިގެން ޢަލީ ރަމީޒު ކުރެއްވި އިތުރު ޓްވީޓެއްގައި ބުނުއްވީ، ކޯރަކުން ފެންގަނޑު ދެމިގެން އަންނަ ފަދައިން، މާތް ﷲ ގެ ދީނަށް ޒުވާނުން ވަންނަމުން ވެސް އަންނާނެކަމަށެވެ.

ޢަލީ ރަމީޒް މިހެން ބުނުއްވާފައިވަނީ، ލަވަކިޔުމުގެ ދާއިރާގައި އުޅޭ ބައެއް ލަވަކިޔުންތެރިން، އެ ދާއިރާ ދޫކޮށްލުމުން، ބައެއް މީހުންގެ ފުރައްސާރައިގެ ބަސްތައް އެ ލަވަކިޔުންތެރިންނަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. 

އެ ގޮތުން، “މޯލްޑިވިއަން އައިޑޮލް”ގައި ވިދާލި ލަވަކިޔުންތެރިޔާ މުޙައްމަދު އިޝާން މިހާރުވަނީ، ލަވަކިޔުން ހުއްޓައިލާފައެވެ.

https://twitter.com/aliramyz/status/1257577753160761344?s=19

މުޙައްމަދު އިޝާން. ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން، “ސިމްބޮލިކް ރެކޯޑްސް” އިންނާއި،  “ބީޓްލޮޖީ” އިން މަޝްހޫރުވި ރެޕް ލަވަކިޔުންތެރިޔާ ސުޢާދު ޢަބުދުއްރަޙީމް (ޒިޕްސް) ވެސް ވަނީ މިޔުޒިކާއި ދުރަށް ދިޔަކަން ހާމަކޮށްފައެވެ.

ސުއާދު ޢަބްދުއްރަޙީމް( ޒިޕްސް) ފޮޓޯ: ސޯޝަލް މީޑިއާ

މި ދެ ލަވަކިޔުންތެރިންގެ ނިންމުމަށް ސޯޝަލް މީޑިއާގައި، ގިނަބަޔަކު ތަޢުރީފުކުރަމުންދާއިރު، އަނެއްބަޔަކު އަންނަނީ މި ނިންމުމަށް ޖޯކުޖަހައި ފުރައްސާރަކުރަމުންނެވެ.

މި ގޮތުން، އިޝާން ލަވަކިޔުން ހުއްޓައިލި ކަން ހާމަކުރުމުން، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރުވަނީ، އެ ކަމަށް ޖޯކުޖައްސަވައި ޓްވީޓެއް ކުރައްވާފައެވެ.

މި ކަމަށް ޖޯކުޖައްސަވަމުން ނާޒިމް ސައްތާރު ވިދާޅުވީ، އޭނާ ވެސް ލަވަކިޔުން ހުއްޓާލައިފިން ކަމަށެވެ.

ނާޒިމް ސައްތާރާއި ރައީސް ނަޝީދު. ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން، އިޝާން ލަވަކިޔުން ހުއްޓައިލުމާއި ގުޅިގެން، ކުރީގެ ލަވަކިޔުންތެރިޔާ އަދި ރައީސް ނަޝީދުގެ ފޮޓޯގުރާފަރ މަޢުރޫފް ޙަލީލް (މާޕު) ވެސްވަނީ އެ ކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

 މި ގޮތުން މަޢުރޫފް ބުނެފައިވަނީ، ލަވަކިޔުން ހުއްޓާލުމަކީ މައްސަލައެއް ނޫންކަމަށާއި، އެކަމަކު ހެޑްލައިން ހަދަން ދީނޭ ނުކިޔުމަށެވެ.

އަދި އިޝާން ލަވަކީ އައްޔަގެ އަޑުން ޢަލީ ރަމީޒު ކިޔާހެންކަމަށާއި، ސްޓޭޖްމަތީގައި ވެސް އުޅުނީ އޭނާ އުޅޭހެންކަމަށް މަޢުރޫފު ބުނެފައިވެއެވެ.

މަޢުރޫފުގެ ޓްވީޓާއި ގުޅިގެން ބައެއްމީހުން އޭނާއަށް ފާޑުކިޔަން ފަށައިފައިވާއިރު، އޭނާ މިއަދު ކުރި އިތުރު ޓުވީޓެއްގައިވަނީ އިޝާންއާއި ގުޅޭގޮތުން ކިޔުނު އެއްޗެއްސަށް މަޢާފަށް ވެސް އެދިފައެވެ.

https://twitter.com/maapu/status/1258738315047710720?s=19

މި ގޮތުން ފުރައްސާރަ ކުރަމުންދާ މި ދަނޑިވަޅުގައި، ޢަލީ ރަމީޒްވަނީ، އިތުރު ޓްވީޓެއް ވެސް ކުރައްވާފައެވެ.

ޢަލީ ރަމީޒް ހޮނިހިރުވިލޭރޭ ކުރެއްވި ޓްވީޓްގައި ބުނުއްވީ، ﷲ ޙަރާމް ކުރެއްވި މިއުޒިކްދޫކޮށް، އިސްލާމްދީނުގެތެރެއަށް ފުރިހަމައަށް ޒުވާނުން ވަންނަމުންދަނީ، ބަޔަކު ކުރާ މަލާމާތަކަށް ފުރައްސާރައަކަށް ބެލުމެއްނެތި ކަމަށާއި، އެ ޒުވާނުން ވަންނަމުންދަނީ، ﷲ ގެ ކިބައިން ވާގިއެދޭ ހާލުގައިކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: