ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ޝަރީޢަތްތަކާގުޅޭ ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެ: އެޓާރނީ ޖެނެރަލް

އެޓާރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު: ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ޝަރީޢަތްތަކާގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެެއެވެ.

މި ކަން ހާމަކުރައްވާ، ރިފްޢަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބިލު ހުށަހަޅުއްވަން ނިންމެވީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި  ޚުޠޫރަތްތެރި ޙާލަތުގައިވެސް، ޖިނާއީ ޢަދުލުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ރިފްޢަތު ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ކުރިމަތިވެފައިވާ ޢާންމު ސިއްހަތުގެ ކުއްލ ިނުރައްކަލުގެ ހާލަތާއި، މި ނޫންވެސް މި ފަދަ ކުއްލި ނުރައްކަލެއްގެ ހާލަތްތަކާއި، ކާރިސާގެ ހާލަތްތަކުގައި، ޢަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ޖިނާއި އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.

 މި ގޮތުން މި ހާލަތުގައި، އެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އިޖުރާޢަތުތައް ހިންގުމަށް ދަތިވާތީ، ކަމާގުޅޭގޮތުން ޢަމަލުކުރާނެ ޚާއްސަ އިޖުރާޢަތުތަކެއް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް 5 މެއި ގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާނެކަމަށެވެ.

ރިފްޢަތު ވިދާޅުވީ، ޖިނާއީ ޝަރީޢަތްތައް މެދުނުކެނޑި ހިންގޭނެ އުސޫލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، ވީޑިއޯ ކޮނފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އުސޫލުތަކެއް ވެސް ބިލުގައި ކަނޑައަޅާފައިވާނެކަމަށެވެ.

މި ގޮތުން ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، ޝަރީޢަތުގެ ޢާންމު މަޖިލިސްތައް ވީޑިއޯގެޒަރީޢާއިން ކުރިއަށް ގެންދެވޭނެ އުސޫލުތަކެއް ބިލުގައި ވާނެކަމަށެވެ.

މީގެ އިތުރުން ރިފްޢަތު ވިދާޅުވީ، މި ފަދަ ޚާއްސަ ހާލަތްތަކަށް ރިޢާޔަތްކޮށް، ހައްޔަރުކުރުމަށްފަހު ޢަމަލުކުރާ ބައެއް އިޖުރާޢަތުތަކާއި، ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރާ ބައެއް އިޖުރާޢަތުތަކާއި،  ޤާނޫނީ ވަކީލާއި ބައްދަލުކުރުމުގެ ބައެއް އިޖުރާޢަތުތައް، ތަޢާރަފުކުރުމަށް ވެސް ބިލުގައި ހުށަހަޅުއްވާފައިވާ ކަމަށެވެ. 

ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ އިތުރުން، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ، ދަޢުވާކުރުމާއި، އިސްތިއުނާފުކުރުމުގެ މުއްދަތުތައް ގުނުމުގައި އަމަލުކުރާގޮތް ބަދަލުކުރުމަށް ވެސް ހުށަހަޅުއްވާފައިވާނެކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: