ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ގާނޫނުއަސާސީއާއި ހިލާފްވެވަޑައިގަތީތަ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ. އެއީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. 

އޭގެ ފަހުން، ”އެޖެންޑާ 19“ ނަމުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި ކަރުދާހެއްގައި ވެސް ޝަރުއީ ނިޒާމު ހަރުދަނާ ކުރުން އެބަ އޮތެވެ. އޭގެ ދަށުން ވެރިކަމާއި ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ކުރި މަސައްކަތަކީ އެކިއެކި ކޯޓުތަކުގައި ތިއްބެވި އެމްޑީޕީގެ ފިކުރާއި ހިޔާލް ގަބޫލު ނުކުރާ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމެވެ. ފުރަތަމަ ފަންމަތިކުރީ ސުލޫޚީ މައްސަލަތަކެކެވެ. ދެން ކުރީ ސަސްޕެންޑެވެ. އޭގެ ފަހުން މަޖިލީޙުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބަހުސް ކުރުމުގެ ނަމުގައި ފަނޑިޔާރުން ފަމޟީހަތްކޮށް މަގާމުން ދުރުކުރީއެވެ. 

ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި އެމްޑީޕީގެ އެޖެންޑާ19 އިގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑިޝަރީ އިސްލާހު ކުރުމުެ ޕްރޮގުރާމްގެ ދަށުން އެންމެ ފުރަތަމަ މެކުހަށް ޖަހައި ބަދަލުކުރި ތަނަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެކީއެކަށް ބަދަލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކުން ހަތަކަށް ބަދަލުކުރިއެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގައި މާ ބިޒީކޮށް އެމްޑީޕީގެ މެމްބަރުން އަޅުއްވާތީ ސުޕްރީމް ކޯޓުގެ ބެންޗް ފަހަކުން ހަތަކަށް ބަދަލުކުރި ހަނދާން ނެތުނީ ކަމަށް ވެސް ވެދާނެއެވެ. 

ނަމަވެސް ގާނޫނެއްގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާނަމަ އެކަމެއް ކުރަން ޖެހޭނެއެވެ. ލަސްކޮށް އެކަމެއް ފަހަށް ޖައްސައިގެން ނުވާނެއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކުން ހަތަކަށް ބަދަލު ކުރުމަށް ފަހު އެ ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރިތާ އެތައް މަހެއް ފާއިރުވެ ހިނގައްޖެއެވެ.

ހަގީގަތުގައި މިއަދު ދައުލަތުގެ އެއްބާރު އެއޮތީ ގާނޫނީ ހަސްކަމެއްގެ ތެރޭގައެވެ. އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު އެއޮތީ ގާނޫނީ ހުސްކަމެއްގެ ޔެރޭގައެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ނޫން ގޮތަކަށް ނުބެލޭނެ ބައެއް މައްސަލަތައް ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާތީ އެވެ. ހާއްސަކޮށް އަދަލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސްފަރާތް ނުކުޅެދޭ ހާލަތުގައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭ ފަރާތަކީ ވެސް ޝަރުއީ ނިޒާމެވެ. އަނިޔާ ދިން ފަރާތްތަކަށް ހައްގު އަދަބު ދެނީ ވެސް ފަނޑިޔާރުންނެވެ. އެ ނިޒާމު މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، ކަށަވަރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ. ހަމައެހެންމެ މި ދެންނެވި މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. މި މާއްދާގެ (ނ) ގައި ބުނެފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސްފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ. 

ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކޮށްދީ އެތަންތަނަކީ ކޮންމެ މީކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒައްރީއްޔާއިންނާއި، އެހެންނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

ނަމަވެސް މިއަދު ދިވެހިރާއްޖޭގެ އަދުލް އިންސާފް ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ގާނޫނީ ބޮޑު ހަސްކަމެއްގެ ތެރޭގައި އޮތްއިރު އެކަމާއި ކަންބޮޑުވާ ހަމަ އެކަކުވެސް ނެތްފަދައެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗް ހަމަކުރުމުގެ ބާރު ގާނޫނުއަސާސީން މަތިކޮށްފައިވާ ފަރާތްކަމުގައިވާ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެކަން ހަނދާން ނެތިއްޖެއެވެ. ރައީސް ސާލިޙްއަށް ނޭގިނަމަވެސް އެ ވަނީ ގާނޫނުއަސާސީއާއި ހިލާފްވެވަޑައިގެންފައި ކަމަށް ދެންނެވުމުގެ ޖާގަ މިއަދު އެބައޮތެވެ. ސަބަބަކީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެނަމަ އެ މައްސަލަ މިއަދަކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ނުބެލޭނެއެވެ. 

ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ  ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ށަރުތުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމުގައި ދިމާވާ ކަމަކާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމްކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމްކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

7 ފެބްރުއަރީ 2012 ގައި ހިނގާދިޔފަަަދަ ކަމެއް މިއަދު ރާއްޖޭގައި ހިނގައިފިނަމަ އެ މައްސަލައެއް ސުޕްރީމް ކޯޓަކަށް މިވަގުތަކު ނުބެލޭނެއެވެ. ކާކުގެ ސަބަބުންތޯއެވެ. ހަމަ އެންމެ ފަރާތެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަބަބުންނެވެ. އެމަނިކުފާން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއް އަދާނުކުރެވި އޮތުމުގެ ސަބަބުންނެވެ. 

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި  ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމަކީ ރައީސުލްޖުމްހޫރީއްޔާއާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލީއްޔަތެކެވެ. އެހެން ކަމުން ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖެހޭ ފަނޑިޔާރުން އަދި ވެސް އައްޔަން ކުރެވިފައި ނެތުމުގެ ޒިންމާ ރައީސް ސާލިޙް ނަންގަނަވް ޖެހޭނެއެވެ. ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުއްވަމަކީ ރައީސް ސާލިޙްގެ މަސްއޫލީއްޔަތެއް ކަމަށްވާއިރު ސުޕްރީމް ކޯޓަށް ހަތް ފަނޑިޔާރުން އައްޔަން ކޮށްފައި ނެތުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފްވުމެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ލޮލް ދެ ތެކި ޕީ. މަށް ޔަގީނޭ މީ ހައިލަމް ލިޔެ ފޮނުވި އެއްޗެއްކަން. ދެތިން ތަނެއް ބަދަލުކޮށްލާފަ ތިޔަހުރީ ބޮޑު ވަރު. ހައިލަމްގެ ބްލޮގަށްވަނީމަވެސް ތިޔަ ބައިވަރު ކިޔަން ލިބޭނެ

  2. ދެލޯފުޅާ މިއޮތީ ތިކިޔާ ބަލާވެރިކަން ކުރިމަތިވެ ނިމިފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: