ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން އެމަޖެންސީކޮށް މާލެ ގެނައި މީހެއް ކޮވިޑަށް ޕޮޒިޓިވް!

ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 3000އިން މައްޗަށް އަރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ އީކުއޭޓާ ހޮސްޕިޓަލުން ރޭ ފަތިހު މާލެ ގެނައި ބަލި މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. 

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އޭނާ އައްޑޫގެ ހޮސްޕިޓަަލަށް ގެންގޮސްފައިވަނީ ޗެސްޓް ޕެއިންއެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ހާޓް އެޓޭކެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އައްޑޫއިން އޭނާ މާލެ ގެނެސްފައިވަނީ އެއްވެސް ގޮތަކަށް ބައްޔަށް ޝައްކު ކުރެވިގެން ނޫން ކަމުގައި ސޯބެ ވިދާޅުވިއެވެ. އެއީ އޭނާގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ނެތުމުގެ ސަބަބުންނެވެ.

އައްޑޫ އެ މީހާ ރަށަށް ގޮސްފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ރިސޯޓެއްގައި ވަޒީފާ އަދާ ކުރަމުން އައި މީހެކެވެ. އެހެން ކަމުން، އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި ނޭނގެއެވެ. މިހާރު ވަނީ އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައެވެ.

ސޯބެ ވިދާޅުވީ އޭނާ މާލެ ގެނައުމަށް ލަފާ ދީފައިވަނީ، އެއީ ހާޓްއެޓޭކެއް ވީމަ ކަމަށެވެ. އަދި މާލެ ގެނެވުނީ ރޭ ދަންވަރުއެވެ. ސޯބެ ވިދާޅުވީ، އޭނާ ބައްޔަށް ޓެސްޓު ކުރީ އައިޖީއެމްއެޗްއަށް ގެންދާ ކޮންމެ މީހެއް ބައްޔަށް ޓެސްޓު ކުރާގޮތަށް އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. 

މާލެ ގެނައިއިރު، އެއްވެސް ސަލާމަތީ ފިޔަވަަޅެއް އަޅާފައި ނުވާކަމުގެ މައުލޫމާތު ސަންގުއަށް ލިބިފައިވާތީ އެކަމަށް ސުވާލު ކުރުމުން ސޯބެ ވިދާޅުވީ އައްޑޫގައި ހުރިހާ ވަސީލަތްތަކެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ ގެނައިއިރު އެންމެން ވެސް ތިބީ މާސްކު އަޅައިގެން ކަމަށް ވިދާޅުވިއެވެ.

ޕްރޮޓެކްޓިވް ގިއާއެއްގައި އޮފިޝަލުން ނެތީ، އެއީ ބައްޔަށް ޝައްކު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ސޯބެ ވިދާޅުވިއެވެ. އޭނާއާއި އެކު އާއިލާގެ މީހުންވެސް އެއާޕޯޓަށް އައި ކަމަށް މައުލޫމާތު ލިބެއެވެ.

ރޭ ދަންވަރު އައްޑޫގެ ގުޅިފައި ވާ ރަށްތަކުން ކަރަންޓު ދިޔައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ރޭ ފަތިހު ކަރަންޓު ދިއުމާއި ގުޅިގެން ގިނަ ބަޔަކު މަގުތަކަށް ނިކުމެފައި ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާ މާލެ ގެނައިއިރު ހޮސްޕިޓަލުގެ ނަރުހުންވެސް މާލެ އައެވެ. އެ މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ.

މިއީ އައްޑޫ އިން މިހާތަނަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: